ads
ރިއަލްގެ ކޯޗު ޒިދާން
ރެއާލް މެޑްރިޑް ސްޕެނިޝް ލީގު ހޯދުމުގެ މަގުމަތީގައި
ގްރަނަޑާ ބަލިކޮށް، ރިއަލް މެޑްރިޑުން ސްޕެނިޝް ލީގު ކާމިޔާބު ކުރުމާއި އެންމެ ފިޔަވަޅަކާއި ގާތަށް ޖެހިއްޖެއެވެ. ގްރަނާޑާ އަތުން ރޭ ރިއަލް މެޑްރިޑް މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ.

ސްޕެނިޝް ލީގުގައި ރިއާލް މެޑްރިޑަށް ބާކީ ދެން އޮތީ އެންމެ ދެ މެޗެވެ. އެހެންކަމުން، ބުރާސްފަތި ދުވަހުގެ ވިޔަރެއާލް އަތުން މޮޅު ވެއްޖެ ނަމަ އަމިއްލަ ބާރުގައި ރެއާލަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ.

އެ މެޗުން ރެއާލް ބަލިވިޔަސް އެރޭ އޮސަސޫނާ އަތުން ބާސެލޯނާ ބަލިވެއްޖެ ނަމަ ރެއާލަށް ލީގު ކަށަވަރުކުރެވޭނެ އެވެ. އެއްވަނައިގަ ރިއާލް މެޑްރިޑް، އަދި ދެވަނައިގަ ބާސެލޯނާ ހަތަރު ޕޮއިންޓްގެ ފަރަގުން އޮތް އިރު، މި ދެ ޓީމު ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެ ނަމަ ބަލާ ހެޑް-ޓު-ހެޑް އުސޫލުން ވެސް ބާސެލޯނާގެ މައްޗަށް ރެއާލަށް ކުރި ލިބޭތީ، އެ ޓީމަށް ލީގު ކަށަވަރުކުރަން ދެ މެޗުން ބޭނުންވަނީ ދެ ޕޮއިންޓެވެ. އެހެންކަމުން ބާކީ ދެ މެޗު އެއްވަރުކޮށްލިއަސް، ދެ މެޗުން ކުރެ އެއް މެޗުން މޮޅުވިޔަސް ރިއާލްއަށް ލީގު ލިބޭނެއެވެ. ރެއާލް 36 މެޗުން 83 ޕޮއިންޓް ލިބިފައިވައިރު، ބާސެލޯނާ އަށް 36 މެޗުން ލިބިފައިވަނީ 79 ޕޮއިންޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް