ads
ފޮޓޯ: ސަން އޮންލައިން
އަދީބު ފުރުން މަނާކުރުމުގެ އަމުރަކަށް އެދެނީ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފުރުން މަނާ ކުރުމުގެ އަަމުރަކަށް މިއަދު އެދޭނެކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައިވާއިރި އެ ދައުވާތައް ކޮށްފައިވަނީ ޕީޖީ އޮފީހާއި އަދީބާއި ދެމެދު ހަދާފައިވާ އިއުތިރާފް އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށެވެ. 

އެ ހަތް ދައުވާގެ އިބްތިދާއީ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައިރު ކޯޓުން ވަނީ އެ މައްސަލަތައް ބަލައިނުގަތުމަށް ނިންމާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ބޯޑަރުތައް ބަންދުކޮށްފައި އޮތް ނަމަވެސް އަދީބު ފުރުން މަނާ ކުރުމުގެ އަމުރަކަށް އެދޭނެ ކަމަށެވެ. އަދި މިއަދު އެ އަމުރު ލިބޭނެކަމަށް ޤަބޫލުކުރައްވާކަމަށް ޕީޖީ ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް