ads
ޕީޖީ ހުސައިން ޝަމީމް--
އަދީބުގެ މައްޗަށް 150 ދައުވާ ކުރެވޭވަރަށް ލިޔެކިޔުން އެބަހުރި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް 150 ދައުވާ ކުރެވޭ ވަރަށް ލިޔެކިޔުން އެބަހުރި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އަދީބުގެ މައްސަލައިގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ އަދީބުގެ މައްޗަށް މިހާރުވެސް 150 އަށްވުރެ ގިނަ ދައުވާ އުފުލޭނެވަރަށް ހެކި އެބަހުރިކަމަށެވެ. 

އެ ދައުވާތައް އުފުލާ ސާބިތުވެއްޖެ ނަމަ 806 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް އަންނާނެ ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ. 

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ބާތިލު ކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން ބޭރުކުރި އިރު އެމައްސަލަތަކާއި ގުޅިގެން 700 އަށްވުރެއް ގިނަ ޑޮކިއުމެންޓްރީ އެވިޑެންސް ހުށަހަޅާފައިވާކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ. އަދި އިއުތިރާފްގެ އެއްބަސްވުމާއި ނުލާވެސް އެ މައްސަލަ ސާބިތުކުރެވޭވަރަށް ހެކި ހުންނާނެކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް