4769
CONFIRMED

DEATHS
2755
RECOVERED
🌏19,261,031
INFECTED
🌏11,669,922
RECOVERED
🌏718,425
DEATH
🌏61%
RECOVERY RATE
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮގަސްޓް 7 ކަށް އިތުރުކޮށްފި
Share
ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައި އޮތް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކޮށްފި އެވެ.
Advertisement

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފަހުން އިތުރު ކޮށްފައި ވަނީ ޖޫން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. 

އެ މުއްދަތު މިއަދަށް ހަމާއިރު މިނިސްޓަރު އަމީން ސޮއި ކުރައްވާ ނެރުނު ގަރާރުގައި ބުނެފައިވަނީ ކޮވިޑް19 ފެތުރުން ކުޑަކުރުމަށް އަދި ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ލަފާދީފައިވާތީ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރާކަމަށެވެ. 

އެ މުއްދަތު އިތުރު ކޮށްފައިވަނީ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ. 

މިއަދު ކޮވިޑް19 އަށް ޖުމުލަ 39 މީހަކު ޕޮޒިޓިވް ވެފައިވާއިރު މީގެތެރެއިން 27 މީހުންނަކީ ދިވެހިންނެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޖުމުލަ 2801 ފަރާތެއް ޕޮޒިޓިވް ވެފައިވާއިރު، މިވަގުތު ކޮވިޑް19 އަށް ޕޮޒިޓިވް ކޮށް ރާއްޖެއިން ތިބީ 470 ފަރާތެވެ. 

މީގެ އިތުރުން ޖުމުލަ 2302 ފަރާތެއް ވަނީ މިބަލިން ރަނގަޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް