ads
ސުޝާންތު އަދި ރިއާ--
ސުޝާންތުގެ މަރަށް މަހެއް ފަހުން އޭނާގެ ލޯބިވެރިޔާގެ އުދާސްތައް ބަންޑުންކޮށްލައިފި
ބޮލީވުޑުގެ ކުޅަދާނަ ތަރި، ސުޝާންތު ސިންގް ރާޖުޕުތުގެ މަރަށް އިއްޔެ މަހެއްވެގެން ގޮސްފައިވާއިރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުން ކަމަށް ބުނާ، ރިއާ ޗަކްރަބޯޓީ، އެކަމާއި ގުޅިގެން ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފި އެވެ.
ރިއާ، އޭނާގެ އުދާސްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ބަންޑުންކޮށްލިއިރު އޭނާ ވަނީ މިދިޔަ މަހެއްހާ ދުވަހު، އޭނާ އެކަމާއި ކުރިމަތިލީ ވަރަށް ހިތްވަރާއެކު ކަމަށް ބުނެފަ އެވެ. އަދިވެސް އެ އިހުސާސްތަކާއި ކުރިމަތިލާން ދަތިކަން ފާހަގަކޮށް ރިއާ ބުނީ، އޭނާއަށް، ލޯތްބަކީ ކިހާ ވަރެއްގެ އެއްޗެއްކަން އެނގުނީ ސުޝާންތުގެ ސަބަބުން ކަމަށެވެ. 

އެގޮތުން ކޮންމެ ދުވަހަކު ވެސް އާކަންތައްތަކެއް ދަސްވެގެންދާ ކަމަށާއި އޭނާއާއެކު ސުޝާންތު ނެތް ނަމަވެސް އެކަންކަން ދުވަހަކު ވެސް ހަނދާނުން ނުނެތޭނެ ކަމަށް ރިއާ ބުނެ އެވެ.

އޭގެ އިތުރުން ވެސް ސުޝާންތަކީ ޖައްވީ ކަންކަމަށް ލޯބިކުރާ ފަރާތެއްކަމުން، ރިއާ ވަނީ، ޝޫޓިން ސްޓާއެއް ފެނޭތޯ ބަލާނެ ކަމަށާއި އަދި އަނބުރާ ސުޝާންތު ލިބޭތޯ "ވިޝް" ކުރާނެ ކަމަށް ވެސް ބުނެފަ އެވެ.

އުމުރުން 28 އަހަރުގެ ރިއާ އިތުރަށް ބުނީ، ސުޝާންތަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި އޭނާގެ ފަރާތުން ވަރަށް ރަނގަޅު ގިނަ ކަންތައްތަކެއް ވެސް ދަސްވި ކަމަށެވެ.  

ސުޝާންތުގެ މަރަށް އިއްޔެ މަހެއް ވުމާއެކު ގިނަ ތަރިންތަކެއް ވަނީ އޭނާގެ ހަނދާންއާކޮށްފަ އެވެ. އެގޮތުން ސުޝާންތު މިއަދު ދުނިޔޭގައި ނެތް ނަމަވެސް އޭނާގެ ހަނދާން ދުވަހަކު ވެސް ނުނެތޭނެ ކަމަށް ބުނެ އެވެ. 

މިދިޔަ މަހުގެ 14 ވަނަ ދުވަހު، މުމްބާއީގައި ސުޝާންތު ދިރިއުޅެމުންދާ ގޭގައި އޭނާ މަރުވެފައިވާއިރު، އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި މަރުވެފައި ވަނީ އަމިއްލައަށެވެ.

އެންމެ ފަހުން ޝްރައްދާ ކަޕޫރާއެކު މިދިޔަ އަހަރު ނެރުނު ފިލްމު، ޗިޗޯރުން ފެނިގެންދިޔަ ސުޝާންތުގެ އެންމެ ފަހު މަސައްކަތް މިމަހުގެ ތެރޭގައި އެޅުވުމަށް ވަނީ ނިންމާފަ އެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ފިލްމު ނެރޭނީ، މިމަހުގެ 24 ގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް