ads
އިންޑިއާގައި ކޮވިޑް-19 އަށް ޓެސްޓު ކުރަނިކޮށް
އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިލިއަނަކާއި ގާތަށް
ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އިންޑިއާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މިލިއަނަކަށް އެރުމުގެ ބިރު ބޮޑުވެއްޖެ އެވެ.

މިދިޔަ ހަތަރު ދުވަސްތަކުގެ ތެރޭގައި އިންޑިއާގައި އެއް ލައްކަ މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. އެގޮތުން އިއްޔެ އެކަނި ވެސް 28،498 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ. 

އިންޑިއާގައި މިހާރު ބަލި ޖެހިފައިވާ މީހުންގެ އަދަދު އުޅެނީ 906،752 ގަ އެވެ. 

ބޭރުގެ ނޫސްތަކުގައި ރިޕޯޓްކުރާ ގޮތުގައި އިންޑިއާގައި ކޮންމެ ދުވަހެއްގެ ތެރޭގައި ފެންނަ ކޭސްތަކުގެ އަދަދު އެހާ މަތީގައި އުޅޭނަމަ، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ބަލި ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އަރާނެ އެވެ. 

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ހިމެނޭ، ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިހާރު ވެސް އިންޑިއާ އޮތީ ދުނިޔެއިން އެންމެ ގިނައިން ކޮވިޑް ޖެހުނު ގައުމުތަކުގެ ލިސްޓުގެ ތިން ވަނައިގަ އެވެ. 

ލޮކްޑައުންއަށް ލުއި ދިނުމާއި އެކު އިންޑިއާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ. ނަމަވެސް އިތުރުވި ކޭސްތައް ވަރަށް މައްޗަށް އެރުމާއި އެކު އަންގާރަ ދުވަހު އިންޑިއާ ވަނީ ހަތް ދުވަހުގެ ލޮކްޑައުނަކަށް ގޮސްފަ އެވެ.

މިހާރު ތިން މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި މި ބަލި ދުނިޔޭގައި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުގެ ގޮތުގައި އޮތީ އެމެރިކާ އެވެ. އެމެރިކާއަށް ފަހު، އެބަލި ދެން އެންމެ ގިނައިން ފެނިފައި ވަނީ ބްރެޒިލް އިންނެވެ. އެގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ދެ މިލިއަނާއި ގާތަށް ޖެހިލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް