ads
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް--
ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލައި ބަލައިގަތުމަށް ފެންނަކަމަށް ވޯޓު ދެއްވާފައިވަނީ ހަތް މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް 20 މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ. 

އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލުމުގައި އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވާފައިވާ ބަޔާންތަކަށް ރިއާޔަތްކޮށްފައި ވަނިކޮށް، އަދީބު ގެ މައްޗަށް ކުރި ހުރިހާ ދައުވާއެއް ކްރިމިނަލް ކޯޓުން އިއްޔެ ބާތިލުކޮށްފައި ވާކަމަށެވެ. 

އަދި ސަރުކާރުން ބިރުދެއްކުމާއި މަޖުބޫރުކުރުވައިގެން އެއްބަސްވުމެއް ހަދާ ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދީފައިވާކަމަށް ކްރިމިނަލް ކޯޓުގައި އަހުމަދު އަދީބު ދައްކަވާފައިވާ ވާހަކަ ތަކުން ހާމަވާކަމަށް ވެސް ކުއްލި މައްސަލައިގައި ވެއެވެ. އަދި ސީދާ ގޮތުންނާއި ނުސީދާގޮތުން ކުރީގެ ޕޮރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ތަހުގީގަށް ނުފޫޒުފޯރުވާފައިވާ ކަމަށާއި، ޤާނޫނީ ހަމަތަކާއި ހިލާފަށް އަމަލުކޮށްފައިވާކަމަށް އަދީބުގެ މައްސަލަ ބާތިލުކުރި ގަޒިއްޔާގައި ވާކަމަށެވެ. 

މީގެ އިތުރުން ކުއްލި މައްސަލައިގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ނުފޫޒުފޯރުވައިގެން ހެކި އުފައްދައިގެން ކޮށްފައިވާ ހުކުމެއްކަމަށް ނުހަނު ހާމަކަން ބޮޑުގޮތަށް ފެންނަން އޮތުމުން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް ރައިސް ޔާމީން ވަގުތުން މިނިވަން ކުރުމަށް ގޮވާލާ ކުއްލި މައްސަލަ ހުށަހަޅާ ކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް