އަދީބު މިނިވަންވީ މައްސަލަ ބެލި ގާޒީގެ "ގަމާރު" ކަމުން: ރައީސް ނަޝީދު
15 ޖުލައި 2020 - 10:32:24
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންވީ މައްސަލަ ބަލަން އިންނެވި ގާޒީގެ "ގަމާރު" ކަމުން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބެލުމަށް ގޮވާލާ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅި މައްސަލަ އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
"އިއްޒަތްތެރި މެމްބަރު ތި ވިދާޅުވީ ގާބިލުކަމުގެ މައްސަލައޭ. "ގަމާރު" ކަމުން ވީކަމެއްގެ ގޮތުގައި މުޅި މައްސަލަ ހިނގާމިދިޔައީ." ހަސަން ލަތީފްގެ ވާހަކައަށް ފަހު ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެއްވެސް އިޖުރާއަތަކަށް ބެއްލެވުމުގެ ގާބިލުކަމެއް ފަނޑިޔާރުގެ ކިބައިގައި ނެތީ ކަމަށެވެ. ނުވަތަ "ގަމާރުކަން އިންތިހާއީ" ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މީގާ ބަހުސަށް ދާއިރު ވިސްނަވަންވީ ނުކުތާތަކަކީ މިބާވަތުގެ ކަމެއް ކަނޑައެޅިގެން ރޯމާ ދުވާލު ހިނގާނީ ގާބިލު ނުވަތަ ގަމާރު ކަމުންތޯ. ނޫނިއްޔާ އެހެން ސަބަބުތަކަކަށް ޓަކައިތޯ."
އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ގޮތާއި މެދު މަޖިލީހުގެ ރައީސް ހިތްހަމަ ނުޖެހުންފާޅު ކުރެއްވި އިރު އިއްޔަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމްވެސް ވަނީ މައްސަލަ ބެއްލެވި ގާޒީއަށް ނުހަނު ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް