ads
އަހުމަދު އަދީބު---
އަދީބުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ އެ މައްސަލައިގައި ޕީޖީ ހުސައިން ޝަމީމް އިއްޔަ ފާހަގަކުރެއްވި ނުކުތާތަކުގެ މައްޗަށް އިސްތިއުނާފު ކުރުމަށް މިއަދު ހައިކޯޓަށް ފޮނުވާފައިވާކަމަށެވެ. 

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައިވާއިރި އެ ދައުވާތައް ކޮށްފައިވަނީ ޕީޖީ އޮފީހާއި އަދީބާއި ދެމެދު ހަދާފައިވާ އިއުތިރާފް އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށެވެ. 

އެ ހަތް ދައުވާގެ އިބްތިދާއީ އަޑުއެހުން އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައިރު ކޯޓުން ވަނީ އެ މައްސަލަތައް ބަލައިނުގަތުމަށް ނިންމާފައެވެ.

އެމައްސަލަ ބޭރުކޮށްލި އިރު އެކަމާއި މެދުހިތްހަމަ ޖެހިވަޑައިނުގެން ޕީޖީ ޝަމީމް އިއްޔެ ވިދާޅުވީ މައްސަލަ ނިންމާފައި އޮތީ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދަށް ފެނިވަޑައިގެންނެވި ކަންތައްތަކެއްގެ މައްޗަށް ކަމަށެވެ. އެއްބަސްވުން ބާތިލު ކުރުމަށް ވެސް އަދި އެއްބަސްވުމާއި ގުޅޭގޮތުން އަދީބު އެއްވެސް ވާހަކައެއް ދައްކާފައި އޮތް ކަމަކަށް ރިކޯޑްތަކުން ނުދައްކާކަމަށް ޝަމީމް ވިދާޅުވި އެވެ.  

ހުކުމުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފާހަގަކޮށް ޕީޖީ ޝަމީމް ވިދާޅުވީ، އަދީބު އެންމެ ފުރަތަމަ ހައްޔަރުކުރި ލިޔެކިޔުންތަކާއި ތުހުމަތު ކުރެވުނު ކަންކަމަކީ ކްރިމިނަލް ކޯޓަށް މި މައްސަލައިގައި ހިއްސާކޮށްފައިވާ އެއްޗިސް ނޫންކަމަށެވެ. އެހެން ނަމަވެސް ހުކުމުގައި ވަރަށް ތަފްސީލުކޮށް އެވާހަކަތައް ހުރިކަން ފާހަގަކުރެއްވި އެވެ. އަދި ފަނޑިޔާރު އެ އެއްޗެހި ހޯއްދެވި ގޮތެއް އެއްގޮތަކަށްވެސް ނޭންގޭކަމަށް ޝަމީމް ވިދާޅުވި އެވެ. 

ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި ބޭސްފަރުވާގެ ކަންކަމަކީ ޕީޖީ އާއި ބެހޭކަމެއް ނޫންކަމަށް ވިދާޅުވެފައިވާތީ އެކަމަށް ފާޑުވިދާޅުވެ ޕީޖީ ޝަމީމް ވިދާޅުވީ ހަމަ އެހެން ވިދާޅުވީ ގާޒީ އާއި ކްރިމިނަލް ކޯޓުން ތަކުރާރުކޮށް އެތައްފަހަރަކު ލިޔުމުން ގައިދީންގެ ބޭސްފަރުވާގެ ކަންކަމާއި ގުޅޭގޮތުން ޕީޖި އޮފީހާ ސުވާލު ކުރާކަމަށެވެ. 

މީގެ އިތުރުން ޝަމީމް ވިދާޅުވީ މައްސަލައިގައި ހުރިހާ ވާހަކައެއް ލިޔުއްވުމަށްފަހު ގާޒީ ހުކުމެއްގެ ގޮތުގައި ލިޔުއްވާފައި އޮތީ ތިން ފޮޅުވަތްކަމަށެވެ. އަދި ހުކުމުގައި ހުކުން ކުރި ސަބަބެއްވެސް، ހަވާލާ ދެއްވި މާއްދާއެއްވެސް އަދި ބާތިލުކުރެއްވީ ކިހިނެއް ކަމެއްވެސް އިނގެން ނެތްކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް