13106
CONFIRMED

DEATHS
12154
RECOVERED
🌏65,220,557
INFECTED
🌏41,931,987
RECOVERED
🌏1,506,251
DEATH
🌏64%
RECOVERY RATE
މާކް---
ފިލިޕިންސްގެ އިތުރު ކެބިނެޓް މެންބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
Share
ކޮވިޑް-19 އަށް ޕިލިޕިންސްގެ ތިން ވަނަ ކެބިނެޓް މެމްބަރަކު ޕޮޒިޓިވްވެއްޖެ އެވެ.
Advertisement

ޕިލިޕިންސްގެ ޕަބްލިކް ވޯކްސް އެންޑް ހައިވޭ ވަޒީރު، މާކް ވިލާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން މިވަނީ މިއަދު ޢިއުލާންކޮށްފަ އެވެ. މިއާއި އެކު މާކް ވިލާ ވެގެން ގޮސްފައިވަނީ އެގައުމުން މިބަލި ޖެހުނު ތިންވަަނަ ކެބިނެޓް މެންބަރަށެވެ.

މީގެ ކުރިން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ އިންޓީރިއާ އެންޑް ލޯކަލް ގަވާމެންޓް ވަޒީރާއި އެޑިއުކޭޝަން ވަޒީރެވެ. ނަމަވެސް މި ދެ މެންބަރުންވެސް މިހާރު މިވަނީ މިބަލިން ރަނގަޅުވެފަ އެވެ.

މާކް ވިލާ ބައްޔަށް ޕޮޒިޓިވްވިކަން މާކް ހާމަކުރެއްވީ ފޭސްބުކް މެދުވެރިކޮށެވެ. މާކް ވިދާޅުވީ ބަލީގެ ނަތީޖާ މިއަދު ލިބިފައިވާއިރު މި ބައްޔަށް ޕޮޒިޓިވްކަން ހިތާމައާއި އެކު ފާހަގަކުރާ ކަމަށެވެ.

އޭގެ އިތުރުން ފިލިޕިންސްގެ ޑިފެންސް ސެކެޓަރީ ވެސް ކޮވިޑް-19 ޖެހިފައިވާ މީހަކާ ބައްދަލުވެފައިވާތީ އަމިއްލައަށް އެކަހެރިވުމަށް ނިންމިކަން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.

ފިލިޕިންސްގައި މިބައްޔަށް މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 57545 މީހުންނެވެ. އަދި ބަލިން ރަނގަޅުވީ މީހުންގެ އަދަދު 20459 އަށް އަރާއިރު މިބަލީގައި 1603 މީހަކުވަނީ މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް