ads
ފޮޓޯ: ސްޓެލްކޯ
ދިގުރަށުގެ ކޭބަލް ވަޅުލުމުގެ މަސައްކަތުގެ 80 އިންސައްތަ ނިމިއްޖެ
އދ. ދިގުރަށު ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި ކުރަމުންދާ ކޭބަލް ވަޅުލުމުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް ސްޓެލެކޯ އިން ބުނެފިއެވެ.

މިކަމާއި ބެހޭގޮތުން އ.ދ ދިގުރަށު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދު ފާއިޒް ރަޝީދު ވިދާޅުވީ މި މަސައްކަތަކީ ކުރީގެ ކޭބަލްތަކުން ވޮލްޓޭޖް ވެއްޓުމާއި ގުޅިގެން ހަރުކޮށްފައިވާ ކޭބަލް ތަކެއް ކަމެވެ.

އެގޮތުން ދިގުރަށަކީ ކަރަންޓު މައްސަލަ ވަރަށް ދިމާ ނުވާ ރަށެއް ކަމާއި 99 އިންސައްތަ ވަރަށް ކަރަންޓު ނުކެނޑޭ ކަމަށް ވެސް އަހުމަދު ފާއިޒް ވަނީ މައުލޫމާތު ދީފައެވެ. އަދި ދިގުރަށަކީ ބޮޑު ސަރަހައްދެއް އޮތް ރަށަކަށް ވުމާއެކު އެހާ ދުރަށް ކޭބަލްތައް އެޅުމަކީ ވޮލްޓޭޖް ވެއްޓުމަށް ދިމާވާ ސަބަބު ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

މި މަސައްކަތަކީ ހުރިހާ ސަރަހައްދަކަށްވެސް ކަރަންޓު ލިއްބައިދިނުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް އަހުމަދު ފާއިޒް ވިދާޅުވެއެވެ. މީގެ ތެރޭގައި ކަރަންޓު ނުލިބޭ ސަރަހައްދުތަކާއި އަލަށް ގޯތި ނަގާ ސަރަހައްދުތަކުގެ އިތުރުން އަލުން އިމާރާތް ކުރާ ސަރަހައްދުތަކަށް ވެސް ކަރަންޓު އެޅިގެންދާނެ ކަމަށް އޭނާ ފާހަގަކުރައްވައެވެ.

އެސިސްޓެންޓް ޑިރެކްޓަރު ފާއިޒް އިތުރަށް ވިދާޅުވީ ދިގުރަށަކީ ގެސްޓް ހައުސް ގިނަ ރަށެއް ކަމާއި ގެސްޓް ހައުސްތަކުގެ ކަރަންޓު ފީތައް ބޮޑު ކަމަށެވެ. މިކަމާއި ގުޅިގެން ދިގުރަށަކީ ކުރިމަގުގައި ސްޓެލްކޯއަށް ރަނގަޅު ރަށެއް ކަމަށާއި މިއީ ސްޓެލްކޯއަށް އާމްދަނީ ލިބޭ ރަށެއް ކަމަށް ވެސް އަހުމަދު ފާއިޒު ވިދާޅުވެއެވެ. 

މި މަސައްކަތް ނިމުމާއެކު، ދިގުރަށުގެ ކަރަންޓުގެ ވިއުގަ އިތުރަށް ފުރިހަމަ ކުރެވި އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް