ads
ޝްރެނޫ--
އިޝްގްބާޒްގެ ތަރި ޝްރޭނޫ ޕަރިކް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އިންޑިއާގެ ޓީވީ ތަރި، ޝްރޭނޫ ޕަރިކް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ޝްރޭނޫ އޭނާގެ ހާލަތު އިއުލާންކޮށްފައި ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އަދި އޭނާގެ ސަޕޯޓަރުންނަށް ވަނީ ރައްކާތެރިވެގެން ތިބުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. 

އިންސްޓަގްރާމު މެދުވެރިކޮށް ޝްރޭނޫ އެކަން ހިއްސާކޮށް ބުނެފައި ވަނީ ވައިރަހުން ރައްކާތެރިވުމަށް ވަރަށް މަސައްކަތް ކުރިނަމަވެސް ބަލި ޖެހިފައިވާ ކަމަށެވެ.

އެއާއެކު އޭނާގެ ސަޕޯޓަރުންނާއި އެކުގައި މަސައްކަތް ކުރި މީހުން ވަނީ އެ ބަލިން އަވަސް ޝިފާއެއް ލިބުމަށް އެދޭ ކަމަށް ބުނެފަ އެވެ.

ޝެރޭނޫ ބައްޔަށް ޕޮޒިޓިވްވެފައި މިވަނީ އެމެރިކާގައި އުޅުމަށް ފަހު މުމްބާއީގައި އޭނާ ދިރިއުޅެމުން އައީ ގޭގައި އަމިއްލައަށް އެކަހެރިވެގެން އުޅެނިކޮށެވެ.

އިޝްގްބާޒްގައި މަސައްކަތް ކުރަމުން އަންނަ، ޝްރެނޫ ވަނީ އިސް ޕިޔާރުކޯ ކިޔާ ނާމް ދޫން އާއި އޭކް ބްރަމް.. ސަރްވަގަން ސަމްޕަންނަ އިން ވެސް ފެނިގެންގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް