ads
ފޮޓޯ: އެމްޓީސީސީ
ތިލަފުށި ހާބަރު ރީހެބިލިޓޭޝަން މަޝްރޫއު ކުރިއަށް ދަނީ
ކ. ތިލަފުށި ހާބަރު ރީހެބިލިޓޭޝަން މަޝްރޫއުގެ މަސައްކަތްތަށް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެ ޕްރޮޖެކްޓުގެ ދަށުން ޓްރެންޗް ބޮލްކް ކާސްޓް ކުރުމުގެ މަސައްކަތާއި ރިއިންފޯސްމަންޓް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި އެ މަޝްރޫއުއަކީ ޒަމާނީ ފެންވަރެއްގެ ސަރަހައްދީ ކުނި މެނޭޖުކުރާނެ މަރުކަޒެއް ގާއިމުކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ތިލަފުށި ހާބަރު ރީހެބިލިޓޭޝަން މަޝްރޫއުގެ ތެރޭގައި ވޭސްޓް ޕްރޮސެސިން އޭރިއާއެއް ހެދުމުގެ މަސައްކަތްތައް ހިމެނެ އެވެ. އަދި ވޯކްޝޮޕް އާއި ކޮންސްޓްރަކްޝަން އަދި ޑިމޮލިޝަން ވޭސްޓް ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތްތައް ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ރިސައިކްލިންގް ޔާޑެއް ހެދުމާއި އެންޑް އޮފް ލައިފް ޑިސްމެންޓްލިންގް ވޯކްޝޮޕެއް ވެސް ހެދޭނެ ކަމަށެވެ. 

ތިލަފުށި ހާބަރު ރީހެބިލިޓޭޝަން އެމަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. މި މަސައްކަތް ފަށާފައި ވަނީ މިއަހަރު ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ.

އެ މަޝްރޫއު އަށް 135.7 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް