ads
އިދިކޮޅު މުޒާހަރާގެ ތެރެއިން-- ފޮޓޯ: ސޯޝަލް މީޑިއާ
އެއްވުންތަކަށް ހުއްދަނުދޭތީ ހިއުމަން ރައިޓްސް ވޮޗުގެ ސަރުކާރަށް ފާޑުކިޔައިފި
މުޒާހަރާތަކާއި އެއްވުންތައް ބޭއްވުމަށް ހުއްދަ ހޯދަން ޖެހޭތީ، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ، ހިއުމަން ރައިޓްސް ވޮޗް އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މުޒާހަރާއެއް ނުވަތަ އެއްވުންތައް ބޭއްވުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭ ކަމަށް އިއްޔެ ހޯމް މިނިސްޓްރީން އިއުލާނުކޮށްފައިވަނިކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ހިއުމަން ރައިޓްސް ވޮޗުން ބުނީ އެ ނިންމުމަކީ ސުލްހަވެރި އެއްވުންތައް ބާއްވާ މަދަނީ ޖަމިއްޔާތަކަށް އޮތް ނުރައްކަލެއް ކަމަށެވެ. 

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު، ވަނީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމަށް ވިދާޅުވެފައި ނަމަވެސް، މި ސަރުކާރުގައި ވެސް ފެނިގެންދަނީ ކުރިއެކޭ އެއްގޮތަށް އެއްވުންތަކަށް ހުރަސް އަޅާ މަންޒަރު ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެ އެވެ. 

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެތައް މަހުގެ މުސާރަ ނުދޭ މައްސަލައާ ގުޅިގެން ވެސް ކޮވިޑްގެ މިހާލަތުގައި އަޑުއުފުލާގައިވާ ކަމަށާއި އެކަމަކު އެމީހުންގެ އަޑު އެހުމުގެ ބަދަލުގައި ފެނިގެންދަނީ އެމީހުންގެ އަޑު ވެސް ކަނޑުވާލަން މަސައްކަތްކުރާ މަންޒަރު ކަމަށް ވަނީ ބުނެފަ އެވެ. 

އިއްޔެ ހޯމް މިނިސްޓްރީން ވަނީ މަގުމަތީގައި އެއްވާނަމަ، ފުލުހުންގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް އިއުލާންކޮށްފަ އެވެ. އަދި ލިޔުމުން ހުއްދަ ނުހޯދާއި މާލޭގައި މުޒާހަރާކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަންޏެވެ. 

މި ދުވަސްވަރު މުޒާހަރާތަކާއި އެއްވުންތައް އިތުރުވެފައިވާއިރު ފުލުހުން ވަނީ ކޮވިޑާއި ގުޅިގެން މީހުން އެއްވެ ހަރަކާތްތައް ނުބޭއްވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް