ads
އޮލީވިއާ ޖިރޫޑް
ޖިރޫޑްގެ ގޯލުން ޗެލްސީއަށް މުހިއްމު މޮޅެއް
ރެލިގޭޓްވެފައިވާ ނޯވިޗް ސިޓީ ކޮޅަށް އޮލީވިއާ ޖިރޫޑް ޖެހި ގޯލާއި އެކު ޗެލްސީއަށް މުހިއްމު ތިން ޕޮއިންޓް ލިބިއްޖެއެވެ. ރޭ ނޯވިޗް އަތުން މޮޅުވި މެޗާއި އެކު ޗެލްސީއަށްވަނީ ތިންވަނައިގަ ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފައެވެ.

ނޯވިޗު އަތުން ރޭ މޮޅުވިއިރު، އޭނގެ ކުރީ މެޗުގައި ލަދުވެތި ގޮތަކަށް ޝެފީލްޑް އަތުންވީ ބައްޔާއި އެކު ޗެލްސީ އޮތީ ޕްރެޝަރުގައެވެ. އެހެންނަމަވެސް ރޭގެ މޮޅާއި އެކު ޗެލްސީއަށް ލިބުނު ތިން ޕޮއިންޓާއި އެކު އެ ޓީމަށްވަނީ ހިތްހަމަ ޖެހުމެއް ލިބިފައެވެ. ޗެލްސީ ތިން ވަނައިގައި އޮތީ 36 މެޗުން 63 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ލެސްޓާ ސިޓީ އާއި ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 35 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ.

ޗެލްސީއަށް ދެން ބާކީ ލީގުގައި އޮތީ ދެ މެޗެވެ. އޭނގެ ތެރެއިން ފުރަތަމަ މެޗަކީ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ. ފަހު މެޗަކީ ވުލްވްސްއާ ބައްދަލުކުރާ މެޗެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް