ads
ކެޓްރީނާ ކައިފް--
ކެޓްރީނާއަށް 36 އަހަރު، ހީވަނީ 26 ހެން!
ބޮލީވުޑުގެ މަޝްހޫރު ބަތަލާ، ކެޓްރީނާ ކައިފަށް މިއަދު މިވަނީ 36 އަހަރުވެފަ އެވެ.

ދެހާސް ތިން ވަނަ އަހަރު، އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ އިން ބޮލީވުޑަށް ތައާރަފުވި ކެޓްރީނާ މިވަނީ 17 އަހަރު ފިލްމީ ދާއިރާގައި މަސައްކަތްކޮށް، ގިނަ ބައެެއްގެ ލޯބި އެކި ކަންކޮޅުތަކުން ހޯދާފަ އެވެ. 

މިއަދު އުމުރުން 36 އަހަރު ކެޓްރިނާއަށް ފުރިފައިވާއިރު ކެޓްރީނާގެ ރީތިކަމާއި އޭނާގެ ސްޓައިލް ގިނަ ބަޔަކަށް ކަމުދެޔެވެ. އެކަމަކު އުމުރުން ކިތަންމެ ދޮށީ ވިޔަސް އަދިވެސް އެރީތި ކަމަށް ބަދަލެއް ނާންނަކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އުފަން ދުވަހުގެ ތަހުނިޔާ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ އޭނާއަށް ފޮނުވަމުންނެވެ. އާންމުކޮށް އުފަން ދުވަސް ފާހަގަކުރުމަށް ފިލްމީ ތަރިން ބޮޑެތި ޕާޓީތައް ބޭއްވި ނަަމަވެސް މިފަހަރު ކޮވިޑް-19 އާ ގުޅިގެން ކެޓްރީނާ ވެސް ޕާޓީއެއް ބާއްވާނެ ކަމަކަށް ނުބެލެވެ އެވެ. 

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކެޓްރީނާ ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ޒީރޯ" އާއި "ޓައިގާ ޒިންދާ ހޭ" އާއި "ދޫމް 3" އާއި "ޖަބް ތަކް ހޭ ޖާން" އަދި "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" ހިމެނެ އެވެ. 

އޭނާ އެންމެ ފަހުން ފެނިގެންދިޔައީ "ބާރަތު" އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ސޫރްޔަވަންޝީ" އިންނެވެ. އެފިލްމުގައި އޭނާ އާ އެކު ފެނިގެންދާނީ އަކްޝޭ ކުމާރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް