ads
މާޒިޔާގެ ކޯނޭ
ސްޓެވާޓް އަންނަ ސީޒަންގައިވެސް މާޒިޔާގައި
މާޒިޔާއަށް ކުޅެމުން އަންނަ ސެއިންޓް ވިންސެންޓްގެ ފޯވާޑް ކޯނެލިއަސް ސްޓެވާޓް (ކޯނޭ) އަންނަ ސީޒަންގައިވެސް މާޒިޔާގައި މަޑުކުރަން އެއްބަސްވެ، ކޮންޓްރެކްޓް ހަދައިފިއެވެ. ކޯނޭ، އިތުރު އަހަރަށް މާޒިޔާއަށް ސޮއިކުރިކަން އެ ކްލަބުން ހާމަކުރީ ބުދަ ދުވަހުއެވެ.

ކުރިން ޓީސީއަށް ކުޅުނު ކޯނޭ، މާޒިޔާއާ ގުޅުނީ 2018 ވަނަ އަހަރު އެވެ. އޭނާވަނީ ނިމުނު ސީޒަންގައި ދިވެހި ލީގު މާޒިޔާއަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި އޭއެފްސީ ކަޕުގެ ޕްލޭ އޮފުން މޮޅުވެ ގްރޫޕް ސްޓޭޖުން މާޒިޔާއަށް ޖާގަ ހޯދައިދިނުމުގައިވެސް ކޯނޭވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. ކޯނޭ ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހޮވި 2018 ވަނަ އަހަރުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އިތުރު ސީޒަނަކަށް މާޒިޔާގައި މަޑުކުރަން ކޯނޭ އެއްބަސްވިއިރު، ނިމުނު ސީޒަންގައި މާޒިޔާއަށް ކުޅުނު އެހެން ބިދޭސީ ކުޅުންތެރިންގެ ކޮންޓްރެކްޓްތައްވެސްވަނީ ހަމަވެފައެވެ. އަދި މާޒިޔާގެ ކޯޗު މަރްޖާން ސެކުލޮސްކީވެސްވަނީ ކޮންޓްރެކްޓް ހަމަވެގެން އެނބުރި ގައުމަށް ގޮސްފައެވެ.

އަންނަ ސީޒަން ފެށުމަށް އެފްއޭއެމުން ތާވަލުކޮށްފައިވަނީ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް