ads
މައުމޫން ހަމީދު--
އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރި ކުރުން ބާތިލު ކުރުމަށް ގޮވާލައިފި
އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް ކުރީ ސަރުކާރުން ނިންމި ނިންމުން ތަކުރާރު ކޮށް މިސަރުކާރުގެ ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނު ބާތިލު ކުރުމަށް ބާ ކައުންސިލުން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

ބާ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ޅ) އަދި އެ މާއްދާގެ ދަށުން ނެރެފައިވާ އިއުލާނަކީ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާ އާއި ޚިލާފު ނިންމުންތަކެއްކަމަށެވެ. 

ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ވަނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލާ ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާކަމަށެވެ. 

އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށްފައި އޮތްއޮތުން ބާތިލު ކުރުމަށް ގޮވާލާ ނެރެފައިވާ ނޫސްބަޔާނުގައި ބާ ކައުންސިލުން ވަނީ އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރާނަމަ އެކަން ކުރެވޭނީ ޑިމޮކްރަޓިކް އެހެން މުޖުތަމައުތައް ބަލައިގަންނަ އުސޫލުތަކާއި އެެއްގޮތަށްކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން ކުރީ ސަރުކާރުގެ ހޯމް މިނިސްޓްރީގެ ނިންމުން މި ސަރުކާރުގެ ހޯމް މިނިސްޓްރީން ތަކުރާރުކޮށްފައިވަނީ ޤާނޫނުއަސާސީއާއި ހިލާފަށްކަމަށް ދެކޭކަމަށްވެސް ބާ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ވެއެވެ. 

ހޯމް މިނިސްޓްރީން ކުރީގެ އިއުލާނެއް ރައްޔިތުންގެ ސަމާލުކަމަށްޓަކައި ކަމަށް ބުނެ އަލުން ފާހަގަ ކުރި ކުރުމާއި އެކު ގިނަ ފަރާތްތަކަކުން އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. އަދި އެއްވެ އުޅުމުގެ މިނިވަންކަން ޤާނޫނުއަސާސީގައި ހައްޤުވާ މިންވަރަށް ދިނުމަށްވެސް ގިނަ ފަރާތްތަކަކުން އަންނަނީ ގޮވާލަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް