ads
ފޮޓޯ: އެމްޓީސީސީ
މާފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 66 އިންސައްތަ ނިމިއްޖެ
މާފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ބޮޑެތި ގާތައް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ވާކަމަށެވެ. އަދި މަޝްރޫއުއަށް ބޭނުންވާ 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތައް ޖޫން މަހުގެ 14 ގައި ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މާފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން  1110 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެމްޓީސީސީ އިން ބުނެއެވެ.

މި މަޝްރޫއު އަކީ މާފުށީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ފަށާފައިވާ ޕްރޮޖެކްޓެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ މަޝްރޫއުއަކީ 99.98 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އާ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އެވެ.

ގެސްޓް ހައުސް ވިޔަފާރީގައި އެންމެ ކުރީގައި އުޅޭ މާފުއްޓަށް ބިމުގެ ދަތިކަން ކުރިމަތިވެފައިވާތާ މިހާރު ވަރަށް ގިނަ ދުވަސްވަނީ ވެފައެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް