ads
ފޮޓޯ: މޯލްޑިވިއަން
ބަންގްލަދޭޝްގެ 152 މީހަކު އެނބުރި ގައުމަށް ފޮނުވާލައިފި
ރާއްޖޭގައި އުޅެމުން އައި ބަންގްލަދޭޝްގެ އިތުރު 152 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މޯލްޑިވިއަންގެ ފްލައިޓެއްގައި އިތުރު 152 ބަންގްލަދޭޝް މީހަކު މިއަދު ފުރާފައިވާ ކަމަށެވެ. އެ ފްލައިޓް ހަމަޖެހިފައިވަނީ ބަންގަލަދޭޝްގެ ވެރިރަށް ޑާކާއަށް ކަމަށްވެސް މޯލްޑިވިއަން އިން ބުނެއެވެ.

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން އަނބުރާ ފޮނުވާލުމުގެ މަސައްކަތަކީ ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތް  ބަންގްލަދޭޝް މީހުންނާއި އެނބުރި ގައުމަށް ދާން ބޭނުން މީހުން ފުރުވާލުމަށް ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން ކުރާ ކަމެކެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި 5،000 އެއްހާ ބަންގަލަދޭޝް މީހުން ފޮނުވާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ އިރު، މިހާރު 3،000 އަށް ވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ގައުމަށް ވަނީ ފޮނުވާލާފަ އެވެ.

މާލޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަން ކުރިމަތީގައި ވަރަށް ފަހުން ވަނީ އެ ގައުމުގެ ބަޔަކު މުޒާހަރާކޮށްފަ އެވެ. އެ މީހުން މުޒާހަރާކޮށްފައިވަނީ އެނބުރި ގައުމަށް ނުދެވިގެންކަމަށް ވެ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަރަށް ފަހުން ވިދާޅުވިގޮތުގައި މިއަހަރުތެރޭގައި 20000 ބިދޭސީން ރާއްޖެއިން ފޮނުވާލެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް