ads
ފުލުހުން ބޮޑުފިނޮޅުގައި-- ފޮޓޯ: ފުލުހުން
ރިޒާ ކުންފުނީގެ ނަމާއި މެދު ސުވާލު އުފެއްދުމުން މެޖިސްޓްރޭޓުގެ މައްސަލަ ޖޭއެސްސީއަށް
ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނީގެ ނަމާއި މެދު ސުވާލު އުފައްދާ ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ބ. ބޮޑުފިނޮޅުގެ މައްސަލާގައި ނެރުނު އަމުރާއި ގުޅިގެން މެޖިސްޓްރޭޓްގެ މައްސަލަ ޖޭއެސްސީއަށް ހުށައަޅައިފި އެވެ.

ތަރައްގީ ކުރަމުންދާ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި ބިދޭސީން ލައްވާ މަސައްކަތް ކުުރުވުމަށްފަހު އެމީހުންނަށް އުޖޫރަ ނުދިނުމުން ބިދޭސީ މަސައްކަތްތެރިން އެރަށުގައި ހަމަނުޖެހުން އުފައްދާ، ދިވެހިންތަކެއް ރަހީނުކުރި މައްސަލާގެ އިތުރުން އެރަށުގެ މުދަލަށާއި ތަކެއްޗަށް ގެއްލުން ދިން މައްސަލާގައި އެރަށުގައި ތިބި ބިދޭސީން ބޭލުމަށް ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ވަގުތީ އަމުރުކޮށްފައެވެ. އެހެން ނަމަވެސް ކޯޓުން އަމުރު ތަންފީޒު ނުކުރެވޭނެ ކަމަށް އެ ކުންފުނިން ފުލުހުންނަށް އަންގާފަ އެވެ.

މެންބަރު ރިޒާގެ ކުންފުނި ތަމްސީލު ކުރާ ލޯކްރާފްޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިޒާގެ ކުންފުނީގެ ނަމަކީ "ރިޒް" ކަމަށް ކީނަމަވެސް އެ ކުންފުނީގެ ނަމަކީ އާރްއައިއެކްސް ކަމަށާއި ކޯޓުން ނެރިފައިވާ އަމުރު ރައްދުވަނީ "ރިޒް" އަށް ކަމަށެވެ. 

އެހެން ކަމުން އެ އަމުރު ނެރެފައިވަނީ ރިޒާގެ ކުންފުނީގެ މައްޗަށް ނޫން ކަމަށާއި އެފަދަ އަމުރެއް ރިޒާގެ އާރުއައިއެކްސް ކުންފުނީގެ މައްޗަށް ނުނެރެވޭނެ ކަމަށް ބުނެ މެމްބަރުގެ ގާނޫނީ ޓީމުން ވަނީ ފުލުހުންނަށް މައްސަލަ ހުށައަޅާފަ އެވެ. އަދި ދައުވާއެއްގައި ނުހިމެނޭ ފަރާތެއްގެ މައްޗަށް ޝަރީއަތުން ހުކުމެއް ކުރުމަކީ ޝަރީއަތުގައި އަމަލުކުރަމުން އަންނަ އުސޫލަކަށް ނުވާނެ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެ އެވެ.

އެބަޔާނުގައި އިތުރަށް ބުނީ ބޮޑުފިނޮޅުން ބިދޭސިން ބޭލުމަށް ވަގުތީ އަމުރު ނެރުނީ ވަކިބަޔަކަށް މަންފާވާގޮތަށް ކަމަށެވެ. އަދި އެއީ ގާނޫނާ ހިލާފަށް ކުރެވިގެން ދިޔަ އަމުރެއް ކަމަށާއި އެ އަމުރު ކޮށްފައިވަނީ ބައެއްގެ ނުފޫޒުންކަމަށް ރިޒްގެ ގާނޫނީ ވަކީލު ޓީމުން ތުހުމަތު ކުރެ އެވެ.

މި މައްސަލާގައި ވަގުތީ އަމުރު ނެރުނު ދަރަވަންދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު ލަތީފްގެ ސުލޫކީ މައްސަލައެއް މިމަހުގެ 15 ވަނަ ދުވަހު ޖޭއެސްސީ އަށް ހުށަހަޅާފައިވާނެކަމަށް ވެސް ބަޔާޏުގައި ބުނެފައިވެ އެވެ.

މުއްޒަފުންނަށް ހަ މަހުގެ މުސާރަ ނުދިން މައްސަލައާ ގުޅިގެން ބޮޑު ހަމަނުޖެހުމެއް އެރަށުގައި ހިނގިއިރު ރިޒް ކުންފުނީގެ ގާނޫނީ ޓީމުން މީގެ ކުރިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގައި ރިޒް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންގެ ގޮތުގައި ދިވެހިންނާއި ބިދޭސީން ހިމެނޭގޮތުން 200 އެއްހާ މުވައްޒަފުން މަސައްކަތްކޮށްފައިވާ ކަމަށާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތު މީހުންގެ މުސާރައިގެ ގޮތުގައި ދޭންޖެހޭ 7000 ރުފިޔާ އާއި ކެއުމުގެ ހަރަދުގެ ގޮތުގައި ކޮންމެ މީހަކަށް ދުވާލަކަށް 40 ރުފިޔާ ދިނުމަށް ސީލް މޯލްޑިވްސް އިން އެއްބަސްވެފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް