ads
ފުލުހުންގެ ޕްރެސްގެ ތެރެއިން--
ސަފާރީގައި ޖިންސީ ގޯނާއަށް ވުރެ ބޮޑު ކަމެއް ހިނގާފައިވާ ކަމަށް ބެލެވޭ: ފުލުހުން
ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުން ބަލަމުން އަންނައިރު އެ ސަފާރީގައި އެއަށް ވުރެ ބޮޑު ކަމެއް ހިނގާފައިވާ ކަމަށް ބެލެވޭ ކަމަށް ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުލްމަންނާން ޔޫސުފް ވިދާޅުވެއްޖެ އެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަންނާން ވިދާޅުވީ އަންހެނަކު ރޭގަނޑު މޫދަށް ފުންމާލާނީ ބޮޑު ކަމެއް ދިމާވެގެން ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެގޮތުން މިހާތަނަށް މައްސަލަ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ބަލަމުން އައި ނަމަވެސް އެއަށް ވުރެ ބޮޑު ކަމެއް އެރޭ ހިނގި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. 

"ފަހަރެއްގަ އަޅުގަނޑުމެން ގަބޫލުކުރަމޭ އެއަށް ވުރެ ބޮޑު ކަމެއް އެތަނުގައި ހިނގާފައިވާ އެވެދާނެއޭ. ގޯނާއަށް ވުރެ ބޮޑު ކަމެއް ހިނގާފައި އޮވެދާނެއޭ. އެހެންވީމަ އަޅުގަނޑުމެންގެ މަގްސަދަކަށް ވާނީ އެކަން ތަހުގީގުކުރުން. އަޅުގަނޑުމެންގެ ތަހުގީގު ތެރޭގައި އެކަން އިތުރަށް ބެލޭތޯ މަސައްކަތްކުރަމުން ގެންދާނަން،"

ފުލުހުންނަށް ހިއްސާކުރި މައުލޫމާތުގައި އަންހެން މީހާ ބުނެފައި ވަނީ އޭނާ މޫދަށް ފުންމާލީ، ސަފާރީގައި ޖިންސީ ގޯނާކުރުމުން ކުރި މީހުންގެ އަމަލުތައް ހުރި ގޮތުން އެކަން ތަކުރާރުވެދާނެތީ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާރު ފުލުހުން ވަނީ 11 މީހެއްގެ ބަޔާން ނަގާފަ އެވެ. އަދި ސަފާރީ އަޅާފައި އޮތް ސަރަހައްދުން އަންހެން މީހާގެ ފޯނު ވެސް ހޯދާފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް