ads
މުޙައްމަދު މާހިރު ޢީސާ--
އެލްޖީއޭގެ ނައިބް ރައީސް ކަމަށް މާހިރު އައްޔަންކުރައްވައިފި
ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ނައިބް ރައީސް ކަމަށް މުހައްމަދު މާހިރު އީސާ އައްޔަން ކުރައްވައިފި އެވެ.
އެލްޖީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލެވުނު އެ އޮތޯރިޓީގެ ބޯޑުގެ ނައިބު ރައީސްކަމަށް މާހިރު، އައްޔަން ކުރައްވާފައި ވަނީ 10 ވަނަ ބޯޑު ބައްދަލުވުމުގައި ކަމަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ބިލު ޖޫން މަހުގެ ދެވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއެކު ވަނީ އޭރު އޮތް އެލްޖީއޭގެ ބޯޑު އުވިފަ އެވެ. އެއާއެކު ރައީސް ވަނީ ވަޒީރުން ހިމެނޭ ގޮތަށް އެލްޖީއޭގެ ބޯޑަށް ހަތް ބޭފުޅަކު ޖޫން މަހުގެ ނުވަ ވަނަ ދުވަހު އައްޔަން ކުރައްވާފަ އެވެ. 

އެ މަގާމަށް އައްޔަންކުރެއްވި ބޭފުޅުންނާއި އޮފީސް:

- އިމްރާން އަބްދުﷲ (ރައީސް) - ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ލޯކަލް ގަވަމަންޓް އޮތޯރިޓީއާ ގުޅޭގޮތުން ޖަވާބުދާރީކުރުމަށް ރައީސް ކަނޑައަޅުއްވާފައިވާ މިނިސްޓަރު

- މުހައްމަދު ޝިހާބު - އެޑްވައިޒާ ޓު ދަ ޕްރެސިޑެންޓް، ރައިސް އޮފީސް

- އަހުމަދު ސަމީރު - ރައީސް އޮފީހުގެ މިނިސްޓަރު

- ފާތިމަތު އަފްޝަން ލަތީފް - ޗީފް އެގްޒެކްޓިވް އޮފިސަރު 

- މުހައްމަދު މާހިރު އީސާ - ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު

- އަހުމަދު ޝަރީފް - ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު

- ފާތިމަތު ނިއުމާ - ޕްލޭނިން މިނިސްޓަރުގެ ނައިބް

ކުރިން އެލްޖީއޭގެ ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ދެ ވަޒީރަކު ހިމެނޭ ގޮތަށް ހަ މެމްބަރުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް