ads
އަބްދުއްރަހީމް--
އުމަރު ނަސީރު ރާއްޖޭގެ ސިޔާސީ ދާއިރާއަށް ތަސައްރަފެއް ނުފުދޭ: އަބްދުއްރަހީމް
ރާއްޖޭގައި މީގެ ކުރިން ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ދެން ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވާނަމަ އެކަމުން އެނގިގެންދަނީ، ރާއްޖޭގެ ސިޔާސީ މަޝްރަހަށް އުމަރު، ތަސައްރަފު ނުފުދުން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން އުމަރު ވެރިކަމުގެ އާރާއި ބާރު އޮވެމެ، އިންތިހާބަކުން ނާކާމިޔާބުވެއްޖެނަމަ އެ އާރާއި ބާރު ނެތި، އަލުން އިންތިހާބެއް ކާމިޔާބުކުރުމަކީ ދުނިޔޭގައި ހިނގާފައި އޮތް ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، ރާއްޖޭގައި ވެރިކަން ކުރި ފަރާތްތަކަށް ވެސް އެ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. 

އެކަމަށް ރައްދު ދެއްވަމުން މިރޭގެ ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި އަބްދުއްރަހީމް ވިދާޅުވީ، އުމަރަކީ އެކުގައި މަސައްކަތް ކުރެއްވި އަދި ވަރަށް އިހުތިރާމު ކުރައްވާ ބޭފުޅެއް ނަމަވެސް އެގޮތަށް ވިދާޅުވާނަމަ ރާއްޖޭގެ ސިޔާސީ ދާއިރާއަށް އުމަރު ނަސީރު ތަސައްފަރު ނުފުދޭ ކަމަށެވެ. 

"ދުނިޔޭގެ ސިޔާސީ ދާއިރާގައި ކަން ހިނގާފައިވާ ގޮތް އެންމެ ކައިރިން ބައްލަވާލައްވާ މިއޮތީ ސްރީލަންކާ. ސްރީލަންކާގަ ރާޖަޕަކްސަ ބަލިވީ ވެރިކަމުގައި ހުރެގެންނޫންތޯ. އަލުން އަނބުރާ މިއަދު އެހެރީ ވެރިކަމަށް ވަޑައިގެންނޫންތޯ. އެހެންވެއްޖެއްޔާ އެއްވެސް ތާކުންތާކުން ޖެހޭ ވާހަކައެއް ނޫން ނޫންތޯ އެ ދެއްކުނީ،"

މީގެ ކުރިން އުމަރު ވިދާޅުވީ، ދެން އޮތް އިންތިހާބެއްގައި ރިޔާސީ ކެންޑިޑޭޓަކަށް ރައީސް އަބްދުﷲ ޔާމީން ކުރިމަތިލެއްވި ނަމަވެސް ކާމިޔާބު ނުވާނެ ކަމަށެވެ. އުމުރު ވަނީ ރައީސް ޔާމީނަކީ އޭނާއަށް ވުރެ ގިނަ ބައެއްގެ ތާއީދު އޮތް ބޭފުޅެއް ނަމަވެސް ދެން "ފިނިޝިން ލައިން" ހުރަސް ނުކުރެއްވޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އުމަރު ވިދާޅުވީ ޕީޕީއެމްގެ ދަންމަރު، އޭނާއާ ހަވާލުކުރައްވައިފިނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ، ބޮޑު ބައްޔަކުން ބަލިކޮށް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. 

"ރިޔާސީ ނިޒާމެއްގެ ތެރެއިން ރައީސްކަން ކުރައްވާފަ އިންތިހާބެއް ނާކާމިޔާބުވުމަށް ފަހު، ގެއަށް ވަޑައިގެންފަ، އަނބުރާ ވަޑައިގެން އަލުން ރިޔާސީ އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ. އެއީ ނުކުރެވޭނެ، އިމްޕޮސިބްލް ކަމެއް އިނގޭތޯ. ދުނިޔޭގެ ކޮންތާކުތޯ އެކަންވެފައި އޮތީ. އެކަން ނުވާނެ،"
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް