ads
ޕީޕީއީ ލައިގެން ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ--
މިއަދު އިތުރު 68 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ރާއްޖެެއިން އިތުރު 68 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށެވެ. އެގޮތުން މިއަދު 47 ދިވެއްސަކަށް ކޮވިޑް ޖެހިފައިވާއިރު ނުވަ ބަންގްލަދޭޝް މީހަކަށް ވެސް ވަނީ އެ ބަލި ޖެހިފަ އެވެ.

އޭގެ އިތުރުން އިންޑިއާގެ ހަތަރު މީހަކާއި ނޭޕާލްގެ މީހެއްގެ އިތުރުން ފިލިޕިންސްއަށް ނިސްބަތްވާ ތިން މީހަކާއި ސްރީލަންކާގެ ހަަތަރު މީހަކު ވެސް މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 2899 އަށް އަރާފައިވާއިރު މިއަދު ބަލިން 18 މީހަކު ރަނގަޅުވެ، ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2339 އަށް އަރާފަ އެވެ. 

މިއަދު ރާއްޖެއިން 42 އަހަރުގެ ދިވެއްސަކު މަރުވެ، އެ ބަލީގައި މަރުވި މީހުންގެ އަދަދު ވެސް މިވަނީ 15 އަށް އަރާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް