13070
CONFIRMED

DEATHS
12001
RECOVERED
🌏64,508,175
INFECTED
🌏41,492,849
RECOVERED
🌏1,492,989
DEATH
🌏64%
RECOVERY RATE
ފޮޓޯ: ރައީސް އޮފީސް
ވައުދާއި އެއްގޮތަށް ޤާނޫނުތައް އަވަހަށް އިސްލާހު ކުރުމަށް އެމްއާރްއެމްއިން ގޮވާލައިފި
Share
ރައްޔިތުންނަށް ވެފައިވާ ވައުދާއި އެއްގޮތަށް އިސްލާހު ކުރާނެކަމަށް ބުނެފައިވާ ޤަނޫނުތައް އަވަހަށް އިސްލާހު ކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އިން ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފި އެވެ.
Advertisement

އެމްއާރްއެމްއިން މިފަދައިން ގޮވާލާފައިވަނީ އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް ކުރީ ސަރުކާރުން ނިންމި ނިންމުން ތަކުރާރު ކޮށް މިސަރުކާރުގެ ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނާއި ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ. 

އެގޮތުން އެމްއާރްއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 1/2013 (ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނު) އަށް 2016 ވަނަ އަހަރު ގެނެވުނު އިސްލާހަކީ އެމްއާރްއެމް އިން ޤަބޫލުކުރާ އުސޫލުތަކާ ހިލާފު އަދި ޤާނޫނު އަސާސީއާއި ތައާރުޒުވާ އިސްލާހެއްކަމަށެވެ. މިކަމާއި ދެކޮޅަށް ކުރީ ސަރުކާރު އޮތް އިރުވެސް ވަކާލާތު ކޮށްފައިވާކަން ފާހަގަކޮށް އެމްއާރްއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ނިންމުމަކީ ޤާނޫނުއަސާސީން ދީފައިވާ ހައްޤެއް އުނިކުރުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ. 

ޤާނޫނުއަސާސީގެ ރޫހާ ހިލާފަށް އޭރުގެ ސަރުކާރުން ގެނައި ބަދަލުތައް މުރާޖާކޮށް، ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޤާނޫނުއަސާސީއަށް އޭރުގެ ސަރުކާރުން ގެނައި ބަދަލުތައް އިސްލާހު ކުރުމަށް ކޯލިޝަނުން އެއްބަސް ވެފައިވާކަން ފާހަގަކޮށް އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވަނީ އެއްވެ އުޅުމުގެ މިނިވަންކަން ހަނިވާގޮތަށް ޤާނޫނަށް ގެނައި އިސްލާހު ވެސް އިސްލާހު ކުރުމަށް އެއްބަސްވެފައިވާކަމަށެވެ. 

އެހެންނަމަވެސް މިކަމުގައި ކުރީ ސަރުކާރުގެ ހޯމް މިނިސްޓްރީގެ ނިންމުން މިސަރުކާރުގެ ހޯމް މިނިސްޓްރީން ދަމަހައްޓަމުން އަންނަކަމަށާއި، އަދި އެކަން އެގޮތަށް މެދުވެރިވެފައިވަނީ ޤާނޫނުތައް ހެދުމާއި، ޤާނޫނުތައް އިސްލާހުކުރުމުގެ ޒިންމާ ހަވާލުކުރެވިފައި ތިއްބެވި ފަރާތްތަކުން ފުރިހަމަ ގޮތުގައި އެޒިންމާ އަދާކުރެވިފައި ނުވާތީ ކަމަށް ރައްޔިތުން މިއަދު ޤަބޫލުކުރާނެކަމަށް ވެސް އެމްއާރްއެމްގެ ބަޔާނުގައިވެ އެވެ. 

"ރައްޔިތުންނަށް ރައްޔިތުންގެ ބާރު ލިބުނުކަމަށް ވާނީ ރައްޔިތުންނާ ގުޅުންހުރި ޤާނޫނުތައް ބަދަލުކުރެވި، ޤާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރެވި، ޤާނޫނުއަސާސީން ރައްޔިތުންނަށް އިންސާފު ލިބުމުންނެވެ." އެމްއާރްއެމްގެ ބަޔާނުގައިވެ އެވެ.

އެމްއާރްއެމްއިން ވަނީ ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް އިސްލާހު ކުރާނެކަމަށް ބުނެފައިވާ ޤާނޫނުތައް އަވަހަށް އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައެވެ. 

ހޯމް މިނިސްޓްރީން ކުރީގެ އިއުލާނެއް ރައްޔިތުންގެ ސަމާލުކަމަށްޓަކައި ކަމަށް ބުނެ އަލުން ފާހަގަ ކުރި ކުރުމާއި އެކު ގިނަ ފަރާތްތަކަކުން އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. އަދި އެއްވެ އުޅުމުގެ މިނިވަންކަން ޤާނޫނުއަސާސީގައި ހައްޤުވާ މިންވަރަށް ދިނުމަށްވެސް ގިނަ ފަރާތްތަކަކުން އަންނަނީ ގޮވާލަމުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް