ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް
ވިސްނުންތެރިކަމާއި އެކު އިޤްތިސާދީ ގިޔަރު ކުރިޔަށް
ކޮވިޑް19 ގެ އަސަރު މުޅި ދުނިޔެއަށްކުރި އިރު މި ބަލިމިޑުކަމުގެ އަސަރު ރާއްޖެއަށް އެންމެ ބޮޑަށް ކޮށްފައިވަނި މާލީ ގޮތުންނެވެ. އިގްތިސާދުގެ މައިތަނބަކަށް ފަތުރުވެރިކަން ބޭނުންކުރަމުން އައި މިގައުމަށް ކޮވިޑާއި އެކު ލިބުނު މާލީ ގެއްލުން އިންތިހާއެވެ. ސަރުކާރާއި ބޮޑު، ކުދި ވިޔަފާރިތަކާއި ވަކި ވަކި ފަރުންނަށް ވެސް މެއެވެ.

ކޮވިޑް19 ގެ ކުރިން ރާއްޖެ މިސްރާބު ޖަހާފައި އޮތީ މުހިންމު އިގްތިސާދީ ނާރެސްތަކަކަށް ވާސިލުވުމަށެވެ. މުހިންމު ލަނޑުދަނޑި ތަކަކާއި އެކު ތަރައްޤީ މެކުހަށްޖެހުމުގެ މަގުޗާޓު އޮތީ ތައްޔާރުވެ ނިމިފައެވެ. ބައެއް ކަންކަން ފަށާފައި ހުރިވެސްމެ އެވެ. 

އެހެނަސް ކޮވިޑްގެ ބޮޑުރާޅާއި އެކު މުޅި ޤައުމު އެކީއެކައްޗަކަށް ހުއްޓުނީ އެވެ. ސަރުކާރުން މަސައްކަތް ކުރީ އެންމެ ފަހުވަގުތާއި ޖެހެންދެންވެސް ރަންބިސްއަޅާ ކުކުޅު ހުޅުވާފައި ބޭއްވުމަށެވެ. އެހެން ނަމަވެސް އެހެން ޤައުމުތަކުން އެޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމުން ރާއްޖޭގެވެސް ބޯޑަރުބަންދުކުރީ އެވެ. ޤައުމަށް އާމްދަނީ ވައްދާނޭ އިތުރުގޮތެއް ނެތި ފަތުރުވެރިކަން ބަންދުވި އިރު، އެކަމުގެ އެންމެ ފުރަތަމަ ވެސް އަސަރު ކުރީ އެސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. ވަޒީފާ ގެއްލި، އާމްދަނީ ނުލިބި، ނޯޕޭ ލީވަށް ފޮނުވާ އެކި ގޮތްގޮތުން ވިޔަފާރިތަކުން ނިންމި ނިންމުމާއި އެކު ގިނަ އާއިލާތަކެއް ފިކުރުބޮޑުވިއެވެ. 

އެހެން ނަމަވެސް އުންމީދުކަނޑާނުލާ ކުރި މަސައްކަތުން ރައްޔިތުންގެ މިސަރުކާރުން އެ ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭންފެށި އެވެ. އަދި އޭގެ އިތުރުންވެސް ކޮވިޑްގައި މާލީގޮތުން ގެއްލުން ލިބުނު އިތުރުފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނެވެ. 

މި ދަތި ހާލުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ ނިންމެވުން ސާފެވެ. ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަނުކުރުމާއި ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުންފަދަ ނިންމުންތަކުން ހާމަވީ ވިސްނުންތެރިކަމާއި އެކު މިކަމުން އަރައިގަނެ ގެއްލުނުތަން ހޯދުމުގެ ފުރިހަމަ އަޒުމެއް އޮތްކަމެވެ. 

ދެހާސްނަވާރަ ވަނަ އަހަރު ސަރުކާރުން އަމާޒު ހިފީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. އަހަރު ނިންމާލީ 1.7 ފަތުރުވެރިންނާއި އެކު އެވެ. ކޮވިޑް19 ލައިގަތުމުގެ ކުރިން ސަރުކާރުން މިއަހަރަށް ލަފާކޮށްފައި އޮތީ ދެމިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. އެހެން ނަމަވެސް އަހަރު ރަނގަޅަށް ނުފެށި އުޅެނިކޮށް ކޮވިޑްގައި ޖެހި އިގްތިސާދުގައި ބުރެކި ޖެހި އަހަރު ދެބައިވީ އެވެ. 

މުޅި ދުނިޔެ ބަންދުވެގެން ތިބި އިރުވެސް މި ރާއްޖެއިން ހުއްޓާނުލި ކަމަކީ ރާއްޖެ އިސްތިހާރުކުރުމެވެ. ރާއްޖެ ދުނިޔޭގައި މާކެޓް ކުރުން ހުއްޓާނުލުމުގެ ނަތިޖާ އަކީ "މޯލްޑިވްސް: ދަ ސަން ވިލް ޝައިން އަގެއިން"ގެ ނަމުގައި ރާއްޖޭގެ ނަން ސޯޝަލްމީޑިއާ އާއި ބޭރު މީޑިއާތަކުގައި ފަލައަކުރުން ފަވާލުމެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން މިވަނީ މުޅިން އާ އުންމީދަކާއި އެކު އިގްތިސާދީ ގިޔަރު ކުރިއަށްޖައްސާލާ، ކޮވިޑަށް ބަންދުކުރި ބޯޑަރު އަލުން ހުޅުވާލާފައެވެ. ފަތުރުވެރިންނަށް މި ރާއްޖޭގެ ރީތި އަތިރިމަތިތަކާއި ފިނޮޅުތަކާއި މޫދު މިވަނީ ހުޅުވާލާފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް އަށްލައްކަ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް