ads
ހިންމަފުއްޓަށް އުދައެރި ދުވަހެއްގައި-- ފޮޓޯ: ޓީސީ ކޮއްކޮ
މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި
ކަނޑު ގަދަވެ، ރަށްރަށަށް އުދައަރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓުން ބުނީ މިއަދު ކަނޑުގަދަވުމާއެކު ރަށްރަށަށް އުދައެރުމުގެ ފުރުސަތު އޮތުމާއެކު ހެނދުނު 10:45 އިން ހަވީރު 03:00 މުޅި ރާއްޖެެއަށް ވައިޓް އެލާޓް ނެެރެފައިވާ ކަމަށެވެ. އަދި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ބުނެ އެވެ.

މެޓުން އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ކަނޑުތައް އުތުރާއި މެދުރާއްޖެތެރޭގައި ގަދަ ވާނެ ކަމަށާއި ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް