ads
ބިދޭސީން ގަލޮޅު ދަނޑުގައި--
ރާއްޖޭގައި ތިބީ ރެފްއުޖީންނެއް ނޫން، ފޮނުވާލެވޭނެ!
ރާއްޖެއަށް މިވަނީ ބިދޭސީގެ މައްސަލަ ވަރަށް ބޮޑުވެފައެވެ. ސިޔާސީ އިސް މީހުންގެ އަމަލުތަކުގެ ސަބަބުންނާއި ސަރުކާރުތަކުން އަޅާލުން ކުޑަ ކުރުމުގެ ސަބަބުން ރާއްޖެ މިހާރު މިސްރާބު ހުރީ ބިދޭސީންގެ ދަށަށް ރާއްޖެ ދާ ކަހަލަ ގޮތަކަށެވެ. ނަމަވެސް މިއީ މިނިވަން ގައުމަކަށް އޮތް ގޮތެއް ކަމަށް ނުބެލެވެ އެވެ. މަސައްކަތް ކުރަން އަންނަ ބިދޭސީންނާއި ހިޖުރަ ކުރާ ރެފިއުޖީންނަކީ ވަރަށް ތަފާތު ދެ ބައެކެވެ.

މި ފަހުގެ ތާރީހުގައި އެންމެ ގިނަ ބަޔަކު ރެފިއުޖީންގެ ގޮތުގައި ހިޖުރަ ކުރަން ފަށާފައި ވަނީ ގަލްފު ގައުމުތަކުގައި ފެށުނު ދާހިލީ ހަނގުރާމައިގެ ސަބަބުންނެވެ. އަރަބި އަދި އެފްރިކާ ގައުމުތަކުގެ އެކިއެކި ގިންތީގެ ގިނަ އިންސާނުން ޔޫރަޕާއި އަދި ދުނިޔޭގެ އެހެނިހެން ގައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ނުވަތަ އިންވެސްޓަރުންގެ ގޮތުގައި ހިޖުރަކުރަން ފެށި އެވެ. ހިޖުރަަކުރާ ރެފިއުޖީންތައް ގިނަވެ ފުޅާވެގެން ދިޔައީ 2011 ވަނަ އަހަރު (އަރަބް ސްޕްރިން) ސަބަބުން ނެވެ.

ތޫނިސް، މިސުރު، ޔަމަނު، ލީބިޔާ، ސީރިޔާ ފަދަ ގައުމުތަކުގައި އުފެދުނު ހަމަނުޖެހުމުގެ ސަބަބުން ވެރިކަން ފުރޮޅިގެން ދިޔަ ދަނޑިވަޅުގައި އަހުލީ ހަނގުރާމައަކަށް އެ ގައުމުތައް ހިނގައިދޭނެކަމުގެ ބިރަށް އެ ފަދަ ގައުމުތަކުގެ އެތައް ހާސް މީހުން ފިލަން ހިޖުރަކުރި އެވެ. އޭގެ ތެރޭގައި ފަގީރުންނާއި މުއްސަނދިން ކަނޑު ބޯޓު ފަހަރުގައި ބޯޑަރު ސެކިއުރިޓީ (ހިއުމަން ސްމަގްލިން) ކޮރަޕްސަންގެ ތެރެއިން ލިޔެކިޔުމެއްނެތް އެތަކެއް މިލިއަން މީހުން އެކި ގައުތަކަށް އެތެރެކުރީ ހިއުމަން ސްމަގްލާސް  ގެ ވިޔަފާރި މުދަލުގެ ގޮތުގައި އެއްވެސް ލިޔެކިއުމެއްނެތި ކަނޑު ބޯޓުފަހަރާއި ޑިންގީތަކުގައެވެ.

އެ ހާދިސާތަކަށް ފަހު ރެފިޔުޖީންގެ ގޮތުގައި އެތެރެވި ގިނަ އިންސާނުން "ރެފިޔުޖީން" ގެ ގޮތުގައި ވިލާތު ގައުމުތަކަށް ބަލައިގަތުމަށް މަޖުބޫރުވިއެވެ! އެ ދުވަސްވަރު ހިޖުރަކުރާ މީހުންގެ އަދަދު ގިނަވެ ގައުމުތަކަށްވަނީ ބޮޑު ބިރަކަށްވެފަ އެވެ. އެހެންކަމުން ތަފާތު ފިޔަވަޅުތައް އެ ގައުމުތަކުން އަޅަމުންދިޔަ އެވެ. 

މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ގައުމުން ބޭރުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބޭރުފައިސާ ގައުމަށް ވައްދާ އެއް ގައުމަކީ ބަންގަލަދޭޝް އެވެ. އެގައުމުގެ އެތައް މިލިއަން ބަޔަކު ގައުމުން ބޭރުގައި ވަޒީފާ އަދާ ކުރަމުން ދެ އެވެ. އެހެންކަމުން އެ މީހުންގެ ސަބަބުން ގިނަ އަދަދެއްގެ ބޭރު ފައިސާ ބަންގްލަދޭޝް އަށް އެތެރެވާކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެކި ގައުމުތަކުގައި ވަޒީފާ އަދާކުރާ ބަންގުލާދޭސް ރައްޔިތުން ރެމިޓެންސް ގެ ގޮތުގައި 17 ބިލިޔަން ޑޮލަރުގެ ބޮޑު އާމްދަނީއެއް އެ ގައުމަށް ވަނީ ވައްދާފައެވެ. ރާއްޖޭގެ ޖީޑީޕީ އާއި އަޅާބަލާއިރު މި އަދަދަކީ 3 ގުނަ ބޮޑު އަދަދެކެވެ. މިހާ ބޮޑު މަންފާއެއް ލިބެމުންދާތީ ބަންގަލަދޭޝްއިން ވެސް އެގައުމުގެ މީހުން ބޭރު ގައުމުތަކަށް މަސައްކަތު ފޮނުވުމަށް އިސްކަން ދޭ ކަމަށް ވެ އެވެ.

ގައުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ވީހާވެސް ގިނަ މީހުން ބޭރަށް ފޮނުވުމަކީ އެ ގައުމުގެ ސިޔާސަތެކެވެ. ބޭރުގައުމުތަކަށް ލޭބަރުން ފޮނުވާ ބައެއް ކުންފުނިތަކަކީ އިންސާނީ ވަސީލަތް ވިއްކައިގެން މިލިއަން މިލިއަން ޑޮލަރު ހޯދާ ދުނިޔޭގެ ގިނަ ގައުމަތަކަށް ކޮރަޕްޝަން ގެ މޫ ފަތުރާފައިވާ ނުފޫޒު ގަދަ ކުންފުނިތަކެކެވެ. ރާއްޖޭގައި ވެސް އެ މޫތައް ވަނީ ފެތުރިފައެވެ.

ގައުމު ސުންނާފަތިވުމުން އަނބި ދަރިންނާ އެކު ފުރާނަ ސަލާމަތްކުރަން ގައުމުދޫކޮށް ހިޖުރަކުރާ ރެފިޔުޖީންނާއި ވަޒީފާ އެއް ހޯދަން އެއް ގައުމުން އަނެއް ގައުމަށްދާ މީހާގެ މެދުގައި ތަފާތު ވަރަށް ބޮޑެވެ. އެގޮތުން އަރަބި އެފްރިކާ އިން ޔޫރަޕަށް ހިޖުރަކުރަނީ ރެފިޔުޖީން ގެ ގޮތުގައި ވަޒަން ވެރިވުމުގެ ބޭނުމުގަ އެވެ. ނަމަވެސް ބަންގުލާދޭޝް އިން ރާއްޖެ އެތެރެވަނީ ރެފިޔުޖީންނެއްނޫ ނެވެ. ވަޒަންވެރިވާން އަންނަ ބައެއް ވެސް ނޫނެވެ. އާމްދަނީ ލިބޭ ވަޒީފާއެއްގައި އުޅެފައި ދުވަސްކޮޅަކުން ގައުމަށް އެނބުރިދާން ބޭނުންވާ ބަޔެކެވެ. ދާއިމީ ބައެއް ވެސް ނޫނެވެ.

ބިދޭސީން ގެ މައްސަލަތައް ރާއްޖެއަށް ކުރިމަތިވީ ދައުލަތުގެ އިދާރީ ކޮރަޕްސަނުގެ ތެރެއިންނެވެ. ރާއްޖެއަށް ދިމާވެފައިވާ ބިދޭސީން ގެ މައްސަލަތައް ގުޅިފައިވާ ނެޓްވޯކް ރޫޅާލާ ދައުލަތުގެ ކުންފުނިތަކާ ސަރުކާރު އެކި އިދާރާ ތަކުގައި ތިބި ބޭރު ލޭބަރުން ފޮނުވާލުމުގައި ދައުލަތުގެ ކުންފުނިތަކާ ސަރުކާރު އިސް ނަގައިފި ނަމަ އަދި ރިސޯޓު ކޯޓާ ތަކަށް ވުރެ އިތުރަށް ތިބި ފަރާތްތައް ގައުމުން ފޮނުވާލާ ލޭބަރުންގެ (ރަށު ދަފްތަރު) ތައާރަފްކުރުމުން އިސާހިތަކު މިކަން ހައްލުވާނެވެ. ރަށު ދަފްތަރުގައި ރަޖިސްޓްރީ ނުވާ ބިދޭސީއަކަށް ރަށުގައި ނޫޅެވޭނެއެވެ.

އެޑިޓަރުގެ ނޯޓް:

އިބްރާހީމް ރަޝީދު (ބޮންޑާ) އަކީ ތަފާތު ދާއިރާތަކުން ދިރާސާ ކުރައްވާ ބޭފުޅެކެވެ. އަދި އޭނާއަކީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެމްބަރަކަން ކުރައްވަނީ ވެސް އޭނާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް