ads
ކަނޑުގަަދަ ދުވަހެއްގައި ތެޔޮ ބޯޓެއް ދަތުކުރަނީ-- ފޮޓޯ: ސީއެންއެމް
5 މީހުންނާއި އެކު ދޯންޏެއް އަޑިއަށް ގޮސްފި
ފަސްމީހުންނާއި އެކު ރ. އާރަށު ފަޅުތެރެއަށް ސަޕްލައި ދޯންޏެއް އަޑިއަށް ގޮސްފިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން ރ. އަތޮޅު ކައުންސިލް މެންބަރު އަންވަރު އިބްރާހިމް ވިދާޅުވީ އާރަށު ފަޅުތެރެއަށް ސަޕްލައި ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި މިދޯނި އަޑިޔަށް ދިޔަ އިރު ދޯނީގައި 5 މީހުން ތިބި ކަމަށްވެސް ވިދާޅުވިއެވެ.

އެއީ ރިސޯޓަށް މުދާ ބާލަން އައި ދޯންޏެއް ކަމަށާއި އެ ދޯނި އަޑިއަށް ގޮސްފައިވަނީ މުދާ ބޭލުމަށްފަހު ރިސޯޓުގެ ކުނިތައް ހިފައިގެން ފުރިތާ އިރުކޮޅެއްގެ ތެރޭގައި ކަމަށް އަންވަރު ވިދާޅުވިއެވެ. އަދި މި ދޯނީގައި ތިބި 5 މީހުން މިހާރު ސަލާމަތް ކުރެވިފައިވާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅުކަމަށް ވިިދާޅުވިއެވެ.

މިއީ ކަނޑުގަދަވުމުގެ ސަބަބުން މިއަދު ހިނގި ހަވަނަ ހާދިސާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް