12947
CONFIRMED

DEATHS
11781
RECOVERED
🌏62,244,181
INFECTED
🌏39,801,717
RECOVERED
🌏1,452,410
DEATH
🌏64%
RECOVERY RATE
ކަރުތެރެއިން ނަގާފައިވާ ފަނި
ކަރަށް ތަދުވާތީ ޑޮކްޓަރަށް ދެއްކުމުން ކަރު ތެރެއިން ފެނުނީ ދިރޭ ފަންޏެއް
Share
ޖަޕާނުގެ އަންހެނެއް ކަރަށް ތަދުވާތީ ޑޮކްޓަރަށް ދެއްކުމުން ކަރުތެރެއިން ދިރޭ ފަންޏެއް ފެނިއްޖެ އެވެ.
Advertisement

އެމެރިކަން ސޮސައިޓީ އޮފް ޓްރޮޕިކަލް މެޑިސިން އެންޑް ހައިޖީން ގައި އާންމުކޮށްފައިވާ މި ލިޔުމެއްގައި ބުނެފައިވަނީ ފަނިި ފެނުނީ 25 އަހަރުގެ އަންހެނެއްގެ ޓޮންސިލުން ކަމަށެވެ. އަދި މި އަންހެން މީހާ ޑޮކްޓަރަށް ދެއްކީ ކަރަށް ތަދުވާތީ ފަސް ވަރަކަށް ދުވަސް ވީމަ ކަމަށާއި ފަނި ފެނުނީ ޖަޕާނުގެ ޓޯކިޔާ ސިޓީގެ ލޫކްސް އިންޓަނޭޝަނަލް ހޮސްޕިޓަލުގައި ހެދި ޓެސްޓްތަކުގެ ތެރެއިން ކަމަށް ބުނެފައިވެއެވެ.

މި ފަނިނެގުމަަށް އޮޕަރޭޝަނެއް ކުރިއިރު ފަނީގެ ދިގު މިނުގައި 1.5 އިންޗި ހުރިއެވެ. އަދި ފަނި ނެގިއިރުވެސް އޭތި ދިރޭ ކަމަށާއި އެއީ ކަޅު ކުލައިގެ ފަންޏެއް ކަމަށް އޮޕަރޭޝަންގައި ބައިވެރިވި ޑޮކްޓަރުން ބުނެއެވެ.

މި ފަނީގެ ޑީއެންއޭ ޓެސްޓްތައް ދިރާސާ ކުރާ ޓީމުން ހެދިއިރު އިނގިގެން ދިޔައީ މިއީ ރަނގަޅަށް ރޯނުފިލުވާ ހުންނަ މަސް ކެއުމުން ބަނޑުގައި އުފެދޭ ފަންޏެއް ކަމަށެވެ. އަދި މި ފަނި ހަށިގަނޑުގެ އެކި ހިސާބުތަކަށް ދަތުރު ކުރާނެ ކަމަށްވެސް އެ ދިރާސާގައި ބުނެފައިވެއެވެ.

ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާއިރު 700 އަށް ވުރެގިނަ މިކަހަލަ މައްސަލަ ޖަޕާނުންނާއި ދެކުނު އެމެރިކާގެ އިތުރުން ނެދަލޭންޑްސްއިން ރިޕޯޓްކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް