ads
ކޮވިޑް-19 އަށް ޓެސްޓުކުރުން
އޮސްޓްރޭލިއާގައި ކޮވިޑް ޓެސްޓުގެ ނަތީޖާ 20 މިނެޓް ތެރޭގައި ލިބޭ
ދުނިޔޭގައި މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވާ ކޮވިޑް-19 ހުރިތޯ ދެނެގަތުމަށް ހަދާ ޓެސްޓުގެ ނަތީޖާ 20 މިނެޓް ތެރޭގައި ދެވޭނެ ދިރާސާއެއް އޮސްޓްރޭލިޔާ ސައިންސްވެރިން ހަދައިފިއެވެ.

އޮސްޓްރޭލިއާގެ ދިރާސާ ކުރާ ޓީމުން ބުނި ގޮތުގައި މިއީ ދުނިޔޭގައި މިހާތަނަށް އެންމެ އަވަހަށް ކޮވިޑް ހުރިތޯ ދެނެގަތުމަށް ލޭ ނަގައިގެން ހަދާ ޓެސްޓް ތަކުގެ ތެރެއިން ނަތީޖާ ލިބިގެން ދާނެ އެއް ޓެސްޓެވެ.

މި ދިރާސާ ހަދާފައި ވަނީ މޮނާޝް ޔުނިވާސިޓީގެ ކެމިކަލް އިންޖިނެއަރިންގްގެ ޑިޕާޓްމެންޓްގައި ހަރަކާތްތެރިވަމުންދާ ދިރާސާ ކުރާ ފަރާތްތަކާއި، އޭއާރްސީ ސެންޓަރާއި ގުޅިގެންނެވެ. އަދި މިހާރު މި ދިރާސާތައް ޝާއިރުކުރެވިފައިވާނެ ކަމަށްވެސް ދިރާސާ ކުރާ ޓީމުން ބުނެއެވެ. 

އޮސްޓްރޭލިއާގައި ކުރި މި ދިރާސާއިން އުފެއްދުނު ޓެސްޓް ކުރާ ނިޒާމުން ކޮވިޑް-19 އެމީހެއްގެ ހަށިގަނޑުގައި މިހާރު ހުރިތޯ ބެލެއެވެ. އަދި ކުރިން ވިޔަސް ކޮރޯނާ ވައިރަސް އޭނާގެ ހަށިގަނޑަށް ވަދެފައި ވޭތޯ ނުވަތަ އަލާމާތެއް ނުފެނި ބަލި ޖެހި ރަނގަޅު ވެފަ ވޭތޯވެސް ދެނެގަނެވެއެވެ.

މިއީ ދުނިޔޭގައި މި ބަލި ދެނގަތުމަށް އެންމެ އަވަހަށް ހެދޭ އެއް ޓެސްޓް ކަމަށް އެކި ސިއްހީ އިދާރާތަކުން އަންނަނީ ބުނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް