ads
އަރްޖުންގެ އާއިލާ--
އަރްޖުންގެ ދަރިފުޅަށް އަހަރެއް، ފުރަތަމަ ފަހަރަށް ފޮޓޯ ދައްކާލައިފި
ބޮލީވުޑުގެ މަޝްހޫރު ތަރި، އަރުޖުން ރަމްޕަލް އާއި އޭނާގެ ލޯބިވެރިޔާ، ގަބްރިއެއްލާ ޑެމެޓްރިއާޑެސް އަށް ލިބުނު ދަރިފުޅު، އާރިކްގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.

މިދިޔަ އެއް އަހަރު ދުވަހު އެކުއްޖާގެ މޫނު ފެންނަ އެއްވެސް ފޮޓޯއެއް ސޯޝަލް މީޑިއާއަށް މި ދެތަރިން ހިއްސާކޮށްފައެއް ނުވެ އެވެ. ދަރިފުޅުގެ ފޮޓޯއެއް ދައްކާލީ ކުއްޖާއަށް އަހަރެއްވީ ދުވަހެވެ. 

އިންސްޓަގްރާމު މެދުވެރިކޮށް ކުއްޖާގ ފޮޓޯއެއް ހިއްސާކުރަމުން، ސަޕޯޓަރުންނަށް ވަނީ ކުޑަ ތައާރަފެއް ވެސް ދީފަ އެވެ. އަދި އެއީ އޭނާގެ ކުޑަ ދަރިފުޅު ކަމަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުވަމުން އަރްޖުން ބުނެފައިވެ އެވެ.

މިއީ އަރުޖުންގެ ތިން ވަނަ ދަރިފުޅެވެ. އެ ކުއްޖާގެ ދޮއްޓަށް ދެ އަންހެން ކުދިން ތިބެ އެވެ. އެއީ އެހެން ބަނޑަކަށް ލިބިފައިވާ ދެކުދިން ނަަމަވެސް ކޮއްކޮއާއެކު އެކުދިން ވެސް ވަގުތު ހޭދަކުރާ މަންޒަރު ފެނިގެންދެ އެވެ. 

ކުރިން އަރުޖުން ވަނީ ބޮލީވުޑުގެ ޕްރޮޑިއުސަރު މެހެރް ޖެސިކާއާ ކައިވެނިކޮށްފަ އެވެ. ވިހި އަހަރު އެކުގައި އުޅުމަށް ފަހު އެމީހުން ވަކިވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެ ކައިވެންޏަށް ލިބިފައި ވަނީ ދެ އަންހެން ކުދިންނެވެ.

އޭގެ ފަހުން މޮޑެލްއަކާ އަރްޖުން ލޯބީގެ ގޮތުން ގުޅިފައިވާއިރު އަރްޖުން އާއި ގަބްރިއެއްލާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އެއްބަސްވީ މިދިޔަ އަހަރުގެ ލޯބިވެރިންގެ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް