ads
އާސެނަލް - ސިޓީގެ މެޗެއްގެ ތެރެއިން
މެންޗެސްޓަރ ސިޓީ ބަލިކޮށް އާސެނަލް އެފްއޭ ކަޕް ފައިނަލަށް
އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ކަޓުވާލުމަށް ފަހު އިގިރޭސި އެފްއޭކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ އާސެނަލްއިން ހޯދައިފިއެވެ. އާސެނަލް ފައިނަލަށް ދިޔައީ ރޭ 2-0 ން ސިޓީ ބަލިކޮށްގެނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި އާސެނަލްގެ ދެ ގޯލްވެސް އެ ޓީމަށް ޖަހައިދިނީ މކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އެވެ. ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގެ 19 ވަނަ މިނިޓްގައެވެ. އަދި ދެވަނަ ގޯލް ޖެހީ މެޗު ނިމެން 19 މިނިޓަށްވެފައިވަނިކޮށެވެ.  

އެފްއޭކަޕްގެ ފައިނަލްގައި އާސެނަލްއާ ދެކޮޅަށް ކުޅޭނެ ޓީމެއް އެނގޭނީ މިރޭ ޗެލްސީއާ މެންޗެސްޓަރ ޔުނައިޓޭޑްގެ މެދުގައި ކުޅެވޭ ސެމީ ފައިނަލް މެޗުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް