ads
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--
އަލީ ވަހީދު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި
ކުރިން ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް މިރޭ ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އަލީ ވަހީދު މިރޭ 8:30 ހާއިރު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވާ ތަނުގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ. 

އެކަމަކު އެ ތުހުމަތައް ދޮގު ކުރައްވާ، އަލީ ވަހީދު ވަނީ ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށް ވިދާޅުވެފަ އެވެ. 

މީގެ ކުރިން، އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަލީ ވަހީދު ދިރިއުޅުއްވާ ގެ ވެސް ބަލާފާސްކޮށްފަ އެވެ. އަދި އޭނާގެ ބައެއް އިލެކްޓްރޯނިކް ސާމާނު ވެސް ފުލުހުން ގެންގޮސްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް