ads
އޮލީވިއާ ޖިރޫޑްވަނީ ރޭގެ މެޗުގައި މޮޅު ލަނޑު ޖަހާފައި
ޔުނައިޓެޑް ކަޓުވާލާ އެފްއޭކަޕް ފައިނަލަށް ޗެލްސީ
މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް އެފްއޭކަޕްގެ ފައިނަލްގެ ފަހު ޖާގަ ޗެލްސީން ހޯދައިފިއެވެ. ޗެލްސީ ފައިނަލްގައި ވާދަކުރަން ޖެހޭނީ އާސެނަލްއާއެވެ.

ރޭ ވެމްބްލީގައި ކުޅުނު އެފްއޭކަޕް ސެމީ ފައިނަލްގެ ފަހު މެޗުގައި ޔުނައިޓެޑުގެ މައްޗަށް ޗެލްސީން ކުރި ހޯދީ ތިން ލަނޑު އެއް ލަނޑުންނެވެ. ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ އާސެނަލް ފައިނަލަށް ދިޔައީ ސެމީ ފައިނަލްގައި މެންޗެސްޓަރ ސިޓީ ބަލިކޮށްގެންނެވެ. ފައިނަލް މެޗު އޮންނާނީ އޮގަސްޓް އެއް ވަނަ ދުވަހު އެވެ.

ސަތޭކަ ފަންސާސް އަހަރުވީ، އިނގިރޭސި އެފްއޭކަޕަކީ އިނގިރޭސިވިލާތުގެ އެންމެ ޝަރަފުވެރި އެއް ފުޓްބޯޅަ މުބާރާތެވެ. މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗުވަނީ، "ހެޑްސް އަޕް އެފްއޭކަޕް" ގެ ނަމަށް ރީބްރޭންޑްކޮށްފައެވެ. އެއީ ނަފްސާނީ ދުޅަހެޔޮކަން ޕްރޮމޯޓް ކުރުމުގެ ގޮތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް