ads
ކަނޑުގަދަ ދުވަހެއްގައި ފެރީ ދަތުރުކުރަނީ---
ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި
ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އުތުރާއި މެދު ރާއްޖެތެރެއަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓުން ބުނީ ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ހއ. އަތޮޅުން ތ. އަތޮޅަށް މިއަދު ހެނދުނު 7:00 އިން މެންދުރު 13:00 ގެ ނިޔަލަށް ބޯކޮށް ވާރޭ ވެހުމާއި ގުގުރާނެ ކަމަށެވެ.

މެޓުން ބުނީ އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ.

ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނުގައި ވައި ގަދަވާނެކަމަށް މެޓް އޮފީހުން ބުނެފައިވާއިރު އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ބުނެ އެވެ.

މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގައި ހިނގަމުންދާ ހާދިސާތައް ގިނަވަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފަހަކަށް އައިސް ހަތެއްކަ ބޯޓު ވަނީ އަޑިއަށް ގޮސްފައެވެ. އަދި ކަނޑު މަތީގައި ތަފާތު ހާދިސާތައް ހިނގަމުން ދިއުމާއި ގުޅިގެން މޫސުމަށް ސަމާލު ވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް