ރައީސް މުހައްމަދު ނަޝީދު--
ނާސިރުގެ ވެރިކަމުގައި އިޒްރޭލާއެކު އޮތް ސިޔާސީ ގުޅުން ދިވެހިރާއްޖެއިން ވަނީ ސަސްޕެންޑްކޮށްފައި: ރައީސް ނަޝީދު
Share
ކުރީގެ ރައީސް އަލްމަރުހޫމް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ޒަމާނުން ފެށިގެން ދިވެހިރާއްޖެއާއި އިސްރާއިލާއި ދެމެދު އޮތް ސިޔާސީ ގުޅުން ރާއްޖެއިން ސަސްޕެންޑް ކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

އިޒްރޭލުން ފަލަސްތީންގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލަން ގޮވާލުމާ އެކު ފަލަސްތީންގެ ރައްޔިތުންނަށް ދޭ އިންސާނިއްޔަތާ ހިލާފު އަނިޔާތައް ކުށްވެރިކޮށް، އެ އަނިޔާތައް ހުއްޓާލަން ގޮވާލައި ވިލިނގިލީ ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރު ހުށަހެޅުއްވުމުގެ ފުރުސަތު ދެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖެއާއި އިސްރާއިލާއި ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލާފައި ވީނަމަވެސް ދެ ގައުމުގެ މެދުގައި އޮތް ގުޅުން ކަނޑާނުލާ ކަމަށެވެ.

"ކުރީގެ ރައީސް އަލްމަރުހޫމް އިބްރާހިމް ނާސިރު އިސްރާއިލް ސަރުކާރަށް ލިޔުއްވާފައިވާ ސިޓީއެއް މިހާރުވެސް ރައީސް އޮފީހުގައި އޮންނާނެ. އެސިޓީގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އެންމެ ފަހުން ނިމުނު އިރު އޮތް ގޮތް ބަޔާންކޮށްފައިވާނެ. ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަކީ ދިވެހީން އަބަދުވެސް އެދި ގޮވަމުން އަންނަ ކަމެއް،" -ރައީސް ނަޝީދު-

ވިލިނގިލީ ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކޮށް، އެ ގައުމުގެ ވެރިރަށަކީ ގުދުސް ކަމަށް ރާއްޖެ އިން އަބަދުވެސް ގަބޫލުކުރާ ކަމަށެވެ. ފަލަސްތީންގެ ބިންތައް އިޒުލޭރުން ފޭރިގަތުމަކީ ސުލްހަވެރި، ވަކި ދެ ދައުލަތެއް ގާއިމްކުރަން އޮތް ހުރަހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދާދި ފަހުން އިސްރޭލުން ފަލަސްދީނުގެ އިތުރު ބިން އިސްރޭލުގެ ބިންތަކިުގައި ކަނޑައެޅާނެ ކަމަށް ލިބުނު އިންޒާރާއި އެކު ބައިނަލްއަގްވާމީ މަޝްރަހުގައި ވަރަށް ހޫނުކޮށް މިކަމާ ބަހުސްކުރެވިގެން ދިޔައެވެ. އެެހެން ނަމަވެސް ޔޫރަޕްގެ ބައެއް ގައުުމުތައް ކަމުގައިވާ ފަރަންސޭސް ވިލާތާއި، އިނގިރޭސި ވިލާތުން އިޒްރޭއިލްގެ މި ނިންމުމަސް އެއްބަސްނުވެ ފާޑު ކިޔުމުން މިހާރު މިކަން ވަނީ ވަރަށް ބޮޑަށް ވަޅު ޖެހިގެން ގޮސްފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް