ads
ބެލަރޫސް އިން ރާއްޖެއަށް އަންނަ ދަރިވަރުންނަށް ފުރޭގޮތް ހަމަޖައްސަައިފި
މިމަހުގެ 18 ވަނަ ދުވަހު ބެލަރޫސް އިން ރާއްޖެއަށް އައުމަށް މިންސްކް އެއާޕޯޓަށް ދިޔުމުން ނުފުރުނު 26 ކުދިންނަށް ފުރޭ ގަތް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ދަރިވަރުންނަށް ދިމާވި މައްސަލަ ބެލަރޫސް ސަރުކާރާއި، ބެލާވިއާ އެއާލައިން އަދި ގަތަރު އެއާވޭސް އާއިއެކު ޖަރުމަންވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ފޮން މިނިސްޓްރީން ވާހަކަ ދައްކައި، މަޝްވަރާކޮށްގެން ވަނީ ހައްލުކުރެވިފައި ކަމަށެވެ.

ބެލަރޫސްގައި ތިބޭ ދިވެހި ދަރިވަރުންނަށް ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދެނީ އެގައުމާ އެންމެ ކައީރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަންވިލާތުގައި ހުންނަ އެމްބަސީ އިން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރު އަދިވެސް އެއްކޮށް ހަމަޔަކަށް ނޭޅޭތީއާއި، ގިނަ ގައުމުތަކެއްގެ ބޯޑަރު އަދިވެސް އެއްކޮށް ހުޅުވާލާފައި ނުވާތީ، އަދި ވިސާގެ ބައެއް ކަންކަމަަށް ބަދަލުތައް އައިސްފައިވާތީ، އަނބުރާ ރާއްޖެއަށް ދަތުރުކުރާ ދިވެހިންނާއި، ފުރައިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިން އެއާލައިންތަކާ ގުޅައިގެބް ފްލައިޓް ރޫޓްތަކުން ދަތުރުކުރެވޭނެތޯ ކަށަވަރުކުރެއްވުން މުހިއްމު ކަމަށެވެ. 

އަދި ފޮރިން މިނިސްޓްރީން ވަނީ ދަތުރުގައި ޓްރާންސިޓްކުރާ ގައުމުތަކުގެ ވިސާ ރިކުއަޔަމަންޓް ޓިކެޓް ނެގުމުގެ ކުރިން ބެލުމަށާއި ދަތުރުކުރުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސް ނެގުމުގެ އިތުރުން ރާއްޖެއަށް އައުމުގެ ކުރިން އެޗްޕީއޭގެ "ހާލުބެލުން ޕޯޓަލް" ގައި ރަޖިސްޓްރީކުރުމަށް ވެސް އެދިފަ އެވެ.

އޭގެ އިތުރުން ދަތުރުކުރާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅާއި، ގައިދުރުކަމަށް ބެލުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް