ads
ހުރަވީ ސްކޫލު--
އަންނަ މަހު މާލެ ސަރަހައްދުގައި އިތުރު ދެ ގްރޭޑަކަށް ކިޔަވައިދޭން ފަށަނީ
އަންނަ މަހު، މާލެ ސަރަހައްދުގައި އިތުރު ދެ ގްރޭޑަކަށް ކިޔަވައިދިނުމަށް ވިސްނަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާއިޝަތު އާތިޔާ ނަސީރު، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވިދާޅުވީ އަންނަ އޮގަސްޓް މަހުގެ ދެވަނަ ހަފުތާގައި މާލެ ސަރަހައްދުގެ ސްކޫލުތަކުގައި އިތުރު ދެ ގްރޭޑަކަށް ކިޔަވައިދޭން ވިސްނަމުން އަންނަ ކަމަށާއި އެގޮތުން ގްރޭޑް ހަތެއް އަދި އަށެެއްގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. 

އަދި މާލޭގެ އާލާތު އިތުރަށް ރަނގަޅުވަމުންދާނަމަ އިތުރު ގްރޭޑްތަކަށް ވެސް ކިޔަވައިދެމުންދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އާތިޔާ އިތުރަށް ވިދާޅުވީ އެ ދެ ގްރޭޑަށް ކިޔަވައިދޭނީ މިހާރެކޭ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ތިން މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު، ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާފައި ވަނީ މިމަހުގެ އެއް ވަނަ ދުވަހެވެ. 

ކޮވިޑްގެ އެއްވެސް އަސަރެއް ނުކުރާ ރަށްރަށުގައި ހުރިހާ ގްރޭޑަކަށް ކިޔަވައިދިން ނަމަވެސް މާލޭގައި އަދި ކިޔަވައިދެމުން އަންނަނީ ގްރޭޑް ނުވައަކުން ފެށިގެން 12 އަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް