ads
ިމިނިސްޓަރު ފައްޔާޒު---ފޮޓޯ:އަވަސް
އުތުރާއި ދެކުނުން ފަތުރުވެރިކަމަށް ދޫކުރާ ރަށްރަށުން ބިމު ކުލި ކުޑަކުރަނީ
އުތުރާއި ދެކުނުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުން ބިމު ކުލި ކުޑަކުރަން ސަރުކާރުން ވިސްނާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ ވަގުތީގޮތުން ހިންގުމާ ހަވާލު ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅު ވެއްޖެއެވެ.

ފައްޔާޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޓޫރިޒަމް ކުރިއެރުވުމަށްޓަކާ ރާއްޖޭގެ އުތުރާއި ދެކުނުން ނުވަ ސަރަހައްދަކުން ދޫކޮށްފައިވާ ރަށްތަކުގެ ބިމު ކުލި ކުޑަކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ބިމު ކުލި ކުޑަކުރުމުން އަތޮޅުތަކުގައި ފަތުރުވެރިކަމަށް ކުރާ އިންވެސްޓްމަންޓް އިތުރު ވެގެން ދާނެ ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ހިންގާ ރިސޯޓުތަކުން އަކަ މީޓަރަކަށް ދެ ޑޮލަރު ނަގަން ހުށަހަޅާ ކަމަށާއި ކުލީގެ ގޮތުގައި ނަގާނީ 800 ހާސް ޑޮލަރު ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ހއ އަދި ހދ ގެ ރިސޯޓުތަކުން ހަތަރު ޑޮލަރު ނެގުމަށް ހުށަހަޅާއިރު ކުލީގެ ގޮތުގައި ގިނަވެގެން ނަގާނީ އެއް މިލިއަން ޑޮލަރުކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ށ، ގއ، ގދ ތ އަދި ލ އަތޮޅުގެ ރަށްތަކުން އަކަ މީޓަރަަކަށް ނަގާނީ ހަ ޑޮލަރު ކަމަށާއި ކުލީގެ ގޮތުގައި ނަގާނީ 1.5 މިލިއަން ޑޮލަރު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ބިމު ކުލި ކުޑަކުރުމުން މިއަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއަރާ އެކަމަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުވެގެން ދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް