ads
އަމީތާބު ބައްޗަން--
ބަލި އެނދުގައި އޮތް އަމީތާބުގެ ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!
ބޮލީވުޑުގެ ކާމިޔާބު އެކްޓަރު، އަމީތާބު ބައްޗަނަށް ކޮވިޑް ޖެހުންކަން ހިއްސާކުރި ޓްވީޓަށް ފަހު، މިވަނީ އިތުރު ޓްވީޓެއްކޮށްފަ އެވެ.

އެ ޓްވީޓުގައި ސަޕޯޓަރުންނަށް ޝުކުރު އަދާކުރަމުން އަމީތާބު ވަނީ ކޮވިޑްގެ މިހާލަތުގައި އޭނާގެ ހިތްވަރަކީ ސަޕޯޓަރުން ކަމަށާއި ލިބެމުންދާއި ލޯތްބާއި އިހުތިރާމަށް ޝުކުރު އަދާކުރާ ކަމަށެވެ.

މުމްބާއީގެ ނަނަވާތީ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އަމީތާބުގެ ހާލު ސްޓޭބަލް ކަމަށް ޑޮކްޓަރުން ބުނެ އެވެ.

އަމީތާބުގެ އިތުރުން އޭނާގެ ފިރިހެން ދަރިފުޅު، އަބީޝޭކް އާއި އަބީޝޭކްގެ އަންހެނުން އައިޝްވާރިޔާ އާއި އެމީހުންގެ ދަރިފުޅަށް ވެސް ކޮވިޑް ޖެހިގެން އަންނަނީ ހަމަ އެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އަމީތާބު ދިރިއުޅޭ ގެ ސަރަހައްދު ބަންދުކޮށް ޑިސްއިންފެކްޓްކޮށްފައިވާއިރު ގިނަ ބަޔަކު ވަނީ އަމީތާބަށް އެ ބަލި ޖެހުމުގެ ސަބަބުން ވަރަށް ކަންބޮޑުވެފަ އެވެ. އުމުރުން 77 އަހަރުގެ އަމީތާބަށް ބަލި ޖެހުމުން ގިނަ ބަޔަކު ކަންބޮޑުވީ މީގެ ދުވަސްތަކެއް ކުރިން ވެސް އޭނާގެ ހާލަތު ވަރަށް ގޯސްވެ ހޮސްޕިޓަލުގައި ފަރުވާދީފައިވާތީ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް