ads
ކްރިސްޓިއާނޯ ރޮނާލްޑޯ
ރޮނާލްޑޯގެ އާ ރިކޯޑަކާއި އެކު ޔުވެންޓަސް ލީގު ނެގުމާ ގާތަށް
ޕްރިމިއަ ލީގު، ސްޕެނިޝް ލީގު އަދި އިޓާލިއަން ލީގުގައި 50 ގޯލް ހަމަ ކުރި ފުރަތަމަ ކުޅުންތެރިޔާގެ ރިކޯޑު ރޮނާލްޑޯ ހޯދުމާއި އެކު އިޓާލިއަން ލީގު ކާމިޔާބުކުރުމާއި ގާތަނަށް ޔުވެންޓަސް ޖެހިއްޖެއެވެ.

އިޓާލިއަން ލީގުގައި ރޮނާލްޑޯ 50 ގޯލް ހަމަ ކުރީ، ރޭ ލާޒިއޯ ކޮޅަށް ޖެހި ދެ ގޯލާއި އެކުއެވެ.

ރޮނާލްޑޯގެ ދެ ގޯލާއި އެކު ރޭގެ މެޗުން ޔުވެންޓަސް މޮޅުވެ، އެ ޓީމުވަނީ ޓޭބަލްގެ އެއްވަނައިގަ 8 ޕޮއިންޓްގެ ފަރަގެއް ހޯދާފައެވެ. މިއާއި އެކު ބާކީ އޮތް ހަތަރު މެޗުން ޔުވެންޓަސްއަށް ހަތަރު ޕޮއިންޓް ހޯދައިގެން ލީގު ކާމިޔާބުކުރެވޭނެއެވެ.

ޔުވެންޓަސް 2018 ވަނަ އަހަރު ރިއަލް މެޑްރިޑުން ބަދަލުވި ރޮނާލްޑޯވަނީ މިހާތަނަށް ޔުވެންޓަސްއަށް 51 ގޯލް ޖަހާފައެވެ. އޭނާވަނީ ރިއާލް މެޑްރިޑަށް 311 ގޯލް މެންޗެސްޓަރ ޔުނައިޓެޑަށް 81 ގޯލް ޖަހާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް