ads
ފޮޓޯ / ޓުވިޓަރ
މޯލްޑިވިއަންއިން ސިޓީ ޗެކިން ތައާރަފް ކޮށްފި
ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުތަކުގައި ދަތުރު ކުރާ ފަރާތްތަކުން ޗެކިން ވުމުގައި، ސިޓީ ޗެކިން ހިޔާރު ކުރުމަށް އެދިފި އެވެ.

މޯލްޑިވިއަން އިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ މާލެއިން ބޭރަށް ދަތުރުކުރާ ދަތުރުވެރިންނަށް މޯލްޑިވިއަންގެ ހިދުމަތްތަށް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކާ ސިޓީ ޗެކިން ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

މޯލްޑިވިއަންއިން ބުނީ ގުރޭޓާ މާލޭ ބަސް ސްޓޭޝަންގައި ހުންނަ މޯލްޑިވިއަންގެ ކައުންޓަރުން މި ހިދުމަތް ލިބޭނެކަމަށް މައުލޫމާތުދެއެވެ. އަދި އެތަނަށް ދަބަސްތަށް ހަވާލުކުރުމަށްފަހު، ކައުންޓަރުން ޗެކިންވެެ ބޯޑިން ފާސް ނެގޭނެ ކަމަށްވެސް މޯލްޑިވިއަންއިން ބުނެއެވެ. މިކައުންޓަރުތައް ހަފްތާއަކު ހަތްދުވަހު ހެދުނު 6:00 އިން ހަވީރު 15:00އަށް ހުޅުވިފައި ހުންނާނެ ކަމަށާއި ބަސް ސްޓޮޕްގައި ގާއިމުކޮށްފައިވާ މޯލްޑިވިއަންގެ ކައުންޓަރުންވެސް ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފްލައިޓުތަކުން ޗެކިން ވެވޭނެކަމަށެވެ. 

ގައިދުރު ކަމަށް ބާރު އެޅުމަށް މޯލްޑިވިއަންއިން މިހާރު ކިޔޫގައި ޖެހިގެން ތިބެން ނުޖެހި އޮންލައިންކޮށް ޗެކިންވާ މީހުންގެ ބޯޑިން ފާސް އީމެއިލް މެދުވެރިކޮށް ލިބޭނެގޮތްވެސް ހަމަޖައްސާދީފައިވާ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ. އަދި މިގޮތަށް ޗެކިންވާ ދަތުރުވެރިން އެއާޕޯޓަށް ދާން ޖެހޭނީ ފުރުމުގެ އެއްގަޑިއިރު ކުރިންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް