ads
ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ
ރިލްވާންގެ މަރުގެ މައްސަލައިގަ ތުހުމަތު ކުރެވޭ ހަސަން އަލީ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފި
ވަގަށް ނަގާ މަރާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މަރުގެ މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ހަސަން އަލީ، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، ހަސަން އަލީ މަގާމުން އިސްތިއުފާ ދެއްވީ، އެ ކޮމިޝަނުގެ ތަހުގީގުގެ ފަހު އަޑުއެހުމަށް ހާޟިރުވުމަށް އިއްޔެ އަންގާފައިވަނިކޮށް ކަމަށެވެ. ޖޭއެސްސިން ހަސަން އަންގާފައިވަނީ މިއަދު އެ ކޮމިޝަނުގެ ތަހުގީގަށް ހާޟިރުވެ ޖަވާބުދާރީ ވުމަށެވެ. 

ހަސަން މިއަދު މަގާމުން އިސްތިއުފާ ދިން އިރު، މި ދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ހަސަން ހުރީ ސަސްޕެންޑްކޮށްފައެވެ. ސަސްޕެންޝަނުގައި 10 މަސް ދުވަހު ހުރި އިރު، ހަސަނަށް މުސާރައާއި އިނާޔަތްތަކާއި އެކު ބައި މިލިއަނެއްހާ ރުދިޔާ ދައުލަތުން ދީފައިވެއެވެ.

ޙަސަން ޢަލީއަކީ ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ހަސަންވަނީ ކުރިން އިމިގްރޭޝަން ކޮންޓްރޯލަރ ކަމުގެ އިތުރުން އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކޮށްފައެވެ. ޙަސަންވަނީ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ރެޖިސްޓްރާކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް