ads
ފޮޓޯ: އެމްޓީސީސީ
ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަސައްކަތް ފަށައިފި
ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ފުވައްމުލަކު ސިޓީގެ 31 މަގުގެ 15،932 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެވޭނެ ކަމެވެ.

އެގޮތުން އެ މަޝްރޫއުއަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައިވާ ކަމަށްވެސް އެމްޓީސީއިން ބުނެއެވެ.

ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން 122،659 ސްކުއާ މީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239  ސްކުއެއާ މީޓަރުގެ ތާރު އެޅުމުގެ މަސައްކަތްތައް  ހިމެނޭ ކަމަށޤވެސް އެމްޓީސީސީއިން ބުނެއެވެ.

އެމްޓީސީސީން އިތުރަށް ބުނީ 27،450 ސްކެއާ މީޓަރުގެ ފައިމަގުގައި ހިނގާ ސަރަހައްދެއް ހެދުމާއި މަގުތަކުގައި ބައްތި ހަރުކުރުމުގެ އިތުރުން 19،940 މީޓަރުގެ ފެން ހިންދާ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެކަމަށެވެ.

ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ  މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އަދި އެ މަސައްކަތް ފަށާފައިވަނީ މިއަދު ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.  

އެކުންފުނިން ބުނީ އެ މަޝްރޫއުއަށް 279.4 މިލިއަން ރުފިޔާ ޚަރަދުވާެނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް