ads
ބަލި މީހަކު ފްލައިޓަށް އަރުވަނީ--
އިންޑިއާއަށް ބޭހަށް ދިޔަ މީހަކު ކަރަންޓީނުގައި ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އާސަންދައިގެ ދަށުން ބޭސް ފަރުވާއަށް އިންޑިއާއަށް ދިޔަ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އާސަންދައިގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިމަހުގެ 14 ވަނަ ދުވަހު، އިންޑިއާއަށް ބޭސް ފަރުވާއަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ އިއްޔެ ކަރަންޓީނުގައި ހުއްޓާ ކަމަށެވެ. އެ މީހާގެ ހާލު ރަނގަޅު ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ، އެ ބަލި މީހާ ކޮވިޑަށް ޕޮޒިޓިވްވިކަން އިއްޔެ އެނގުނުއިރު އެމީހާ ވަނީ ރާއްޖެއިން ފުރުމުގެ ކުރިން ހެދި ކޮވިޑް ޓެސްޓުން ނެގެޓިވްވެފައި ކަމަށެވެ. 

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރެއިން ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދުމަށް އިންޑިއާއަށް ދެ ބުރެއްގެ މަތިން ވަނީ މީހުން ފޮނުވާފަ އެވެ. 

އިންޑިއާ ސަރުކާރުގެ ފަރާތުންދޭ ހާއްސަ ހުއްދައަކާއެކު އެމީހުން އެގައުމަށް ފޮނުވަމުން އަންނައިރު އެ ގައުމަށް ދިޔުމަށް ފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ހަމަކުރަން ޖެހެ އެވެ.

ބޭސް ފަރުވާއަށް ދިޔަ މީހުންނަށް ފަރުވާދެމުން އަންނަނީ އަމްރީތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސަރޗް ސެންޓަރު، (އެއިމްސް) ގަ އެވެ. އެމީހުން ކަރަންޓީނުގައި ތިބެނީ އެތަނުގެ އެކޮމޮޑޭޝަން ބްލޮކެއްގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް