ads
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް - ފޮޓޯ: މުހައްމަދު ޝަރުހާން
އާޒިމް އަޅުގަނޑު ލައްވައި ހަޑި ކަންކަން ކުރުއްވަން އުޅުއްވާތީ ވަރަށް ދެރަވޭ: މަހްލޫފު
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، އުޅުއްވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އާންމު އިންތިހާބު ހުއްޓުވަން ކަމަށާއި އެ މަނިކުފާނު ލައްވާ ހަޑީ ކަންކަން ކުރުވަން އެމްޕީ އާޒިމް އުޅުއްވާތީ ވަރަށް ދެރަވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ވޭމަންޑޫ އާއި ތިމަރަފުށީގެ ބައެއް މަޝްރޫއުތަކާ ގުޅޭ ގޮތުން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ވަޑައިގެން މިނިސްޓަރު މަހްލޫފް ވިދާޅުވީ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ދިރާސާ ކުރަމުންދާ މައްސަލަ ނިމެންދެން އެފްއޭއެމުގެ އިންތިހާބު ފަސްކޮށްދޭން ކޮމެޓީން އެދުނު ގޮތަށް އެކަން ކުރުމަށް އެފްއޭއެމުގައި މިނިސްޓްރީން އެދުނު ކަމަށާއި އެހެން ނަމަވެސް އިންތިހާބު ހުއްޓުވާލުމަކީ ގާނޫނީ ގޮތުން މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ އެކަން ހުއްޓާލަން އެންގި ނަމަ އެއީ ކަނޑައެޅިގެން ގާނޫނާ ހިލާފު ކަމެއް ކަމަށާއި ވަޒީރަކަށް ހުންނަ މީހަކަށް އެއްވެސް ގައުމެއްގެ ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިހާބަށް ބާރު ފޯރުވާ ހެދުމުގެ ހައިސިއްޔަތެއް ނޯންނާނެ ކަމަށެވެ. 

މިނިސްޓަރު މަހްލޫފް ވިދާޅުވީ ހަތަރު މަސް ކުރިން އެފްއޭއެމްގެ އިންތިހާބަށް އިއުލާނު ކުރިކަމަށާއި ނަމަވެސް އެއްވެސް ބޭފުޅަކު އެފްއޭއެމުގެ އިންތިހާބަށް ވާދަ ކުރައްވާފައިނުވާ ކަމަށެވެ. އަދި ހަތަރު މަސް ފަހުން އިންތިހާބު ބާއްވަން އުޅުމުން މިނިސްޓްރީން ފުލުހުން ފޮނުވައި ކުޅިވަރު އެސޯސިއޭޝަންގެ އިންތިހާބު ހުއްޓުވަން އުޅުމަކީ ވަރަށް ހަޑި ކަމެއް ކަމަށް މަހުލޫފު ވިދާޅުވި އެވެ.

މިނިސްޓަރު މަހްލޫފު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތީ ވޭމަންޑޫއާއި ތިމަރަފުށީގެ ބައެއް މަޝްރޫއުތަކާ ގުޅޭ ގޮތުން އެ ދެ ރަށް ހިމެނޭ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވި ދެ ސުވާލަށް ޖަވާބު ދެއްވުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް