ads
ދަރިފުޅު ގޮވައިގެން ނުކުމެ އުޅުނު އިރު މާސްކު ނޭޅި ސަބަބު ސައިފް ކިޔައިދީފި
ދަރިފުޅު ތައިމޫރު ގޮވައިގެން ބޭރަށް ނުކުމެ އުޅުނު އިރު މާސްކު ނެތް ސަބަބު ސައިފް ކިޔައިދީފި އެވެ.

ކޮވިޑް-19 އާއ އެކު އިންޑިއާ ގައި އިއުލާނު ކޮށްފައި އޮތް ލޮކްޑައުން އަށް ދިން ފުރަތަމަ ލުއާއި އެކު ސައިފް އަލީ ހާން އާއި އަންހެނުން ކަރީނާ ކަޕޫރު ހާން ވަނީ އެ ދެމަފިރިންގެ ދަރިފުޅު ތައިމޫރް އަލީ ހާން ގޮވައިގެން ބޭރަށް ނިކުމެފަ އެވެ. 

އެ ދެމަފިރިންގެ ތުއްތު ދަރިފުޅު ގޮވައިގެން ބޭރަށް ނުކުމެ އުޅުނު އިރު ސައިފް މާސްކު ނާޅާ ހުރި ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާ ގައި އާންމުވެ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. 

މިކަމާ ގުޅިގެން އިންޑިއާގެ ނޫހެއް ކަމަށްވާ މުމްބާއީ މިރޯ އަށް ދިން އިންޓަވިއުއްގައި ސައިފް ވަނީ އެ ދެމަފިރިން ތައިމޫރު ގޮވައިގެން އެދުވަހު ބޭރަށް ނުކުތީ ތައިމޫރު މާ ގިނަ ދުވަސް ވަންދެން ގޭގައި ހުންނަން ޖެހުމުން ދަރިފުޅު ހިތްހަމަ ޖައްސާލަން ކަމަށެވެ. އަދި ދަރިފުޅު ގޮވައިގެން އޭރު ބޭރަށް ނުކުތް އިރު، ކުޑަކުދިން ގޮވައިގެން ނިކުމެ ނޫޅެވޭކަން އެނގުނީ ފުލުހުން އައިސް ބުނުން ކަމަށާއި ބޭރަށް ނުކުތް އިރު ތިން މީހުންވެސް ތިބީ މާސްކު އަޅައިގެން ކަމަށް ސައިފް ބުނެ އެވެ. 

އެގޮތުން އޭނާ އެވަގުތު މާސްކު އަޅައިގެން ނެތީ މަގުމަތިން މާ ގިނަ މީހުން ފެންނަން ނެތުމުން ކަމަށް ސައިފް ވަނީ ބުނެފަ އެވެ. އަދި މީހުން ފެންނަން ފެށުމުން ވަގުތުން މާސްކު އެޅުމަށް ފަހު އެ ސަރަހައްދުން ދިޔަ ކަމަށް ވެސް ސައިފް ކިޔައިދިނެވެ. 

ސައިފް އިތުރަށް ބުނެފައި ވަނީ އޭނާ އާއި އާއިލާ މިހާރުވެސް އެހާ ގިނަ މީހުންނާ ބައްދަލުކޮށް ނަހަދާ ކަމަށެވެ. އަދި ގިނަ ދުވަސްތައް ހޭދަކުރަމުންދަނީ ބޭރަށް ނުނުކުމެ ގޭގައި ކަމަށް ވެސް ސައިފް ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް