ads
ފޮޓޯ: އެމްޓީސީސީ
ދުވާފަރު މަގުތައް ހެދުމުގެ މަސައްކަތުގެ 67 އިންސައްތަ ނިމިއްޖެ
ރ. ދުވާފަރުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ 67 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 12 މަގުގެ 3312.23 މީޓަރު ސަރަހައްދެއްގައި އޭބީސީ ފަށަލަ އެޅިފައިވާ ކަމަށާއި އެ މަސައްކަތް ނިމިފައިވަނީ މިއަހަރު ޖުލައި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.

ދުވާފަރު މަގުތައް ހެދުމުގެ މަސައްކަތުގެ ދަށުން މަގުގައި ދުއްވޭ ގޮތަށް 25،513 ސްކުއެއާ މީޓަރުގެ ސަރަހައްދެއް ގާއިމްކުރެވޭނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މީގެ އިތުރުން މަގުތަކުގައި ބައްތި ހަރުކުރުމާއި ފެން ހިންދާ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނިން ހާމަކުރެ އެވެ.

ދުވާފަރުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު މެއި މަހުގެ 22 ވަނަ ދުވަހުއެވެ. އަދި އެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެކުންފުނިން ބުނީ އެ މަޝްރޫއުއަށް 47.04 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް